ކ. މާލެ
|
4 އޯގަސްޓް 2020 | އަންގާރަ 10:37
މާލޭ މަގުމަތީގައި މީހަކު މާސްކު އަޅައިގެން ދުއްވާފައިދަނީ
މާލޭ މަގުމަތީގައި މީހަކު މާސްކު އަޅައިގެން ދުއްވާފައިދަނީ
ރާއްޖެއެމްވީ
މާސްކު ނާޅާ އުޅޭ މީހުން ޖޫރިމަނާކުރުން
މާސްކު ނާޅައި އުޅުނު 73 މީހަކު ޖޫރިމަނާކޮށްފި
 
މާސްކު ނާޅާ ބޭރުގައި އުޅުނު 645 މީހަކަށް ނަސޭހަތްދީފައިވޭ
 
272 މީހަކަށް ހޯމަ ދުވަހު އެކަނި ވަނީ ނަސޭހަތްދީފައި

މާސްކު ނާޅާ ބޭރުގައި އުޅުނު 73 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ހޯމަ ދުވަހުގެރޭ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް އައިއިރު މާސްކު ނާޅާ ބޭރުގައި އުޅުނު 645 މީހަކަށް ނަސޭހަތްދީފައިވާ ކަމަށެވެ. މީގެތެރެއިން 272 މީހަކަށް ހޯމަ ދުވަހު އެކަނި ވަނީ ނަސޭހަތްދީފަ އެވެ. އަދި ހޯމަ ދުވަހު އެކަނި މާސްކު ނާޅާ ބޭރުގައި އުޅުނު 52 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް މައްޗަށްދާން ފެށުމުން އެކަން ކޮންޓްރޯލްކުރުމަށް އެޗްޕީއޭއިން ވަނީ ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް މަޖުބޫރު ކޮށްފައެވެ. އަދި މާސްކު ނާޅާ އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މިގޮތަށް އަމަލުކުރަން ފަށާފައިވަނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މީގެއިތުރުންވެސް ރޭގަނޑު 11ން ފެށިގެން ފަތިހު 5 ޖެހުމާ ހަމައަށް ބޭރުގައި އުޅުންވެސް ވަނީ މަނާކޮށްފައެވެ. ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ އެކަން ކޮންޓްރޯލްކުރުމުގެ ގޮތުން ކުރިޔަށް އޮތް ތަނުގައި އިތުރު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ޑރ ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި މިހާތަނަށް އައިއިރު 4293 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް