ބުރާސްފަތި 01 އޮކްޓޯބަރ 2020
11 އަތަ
1442 ސަފަރު 13
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:00
އިޝާ 19:11
ޒިދާންގެ އަމާޒު ވޯލްޑް ކަޕާއި ޔޫރޯއަށް

ޒިދާންގެ އަމާޒު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބު ކުރުމަށް

  • ކުޅުންތެެރިއެއްގެ ގޮތުގައި ޒިދާން ވަނީ ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި
  • ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލުން މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކުރި
  • ޒިދާން ވަނީ މިހާތަނަށް ރެއާލާއެކު ޖުމްލަ 11 ތަށި ކާމިޔާބުކޮށްފައި

ކ. މާލެ | 3 އޯގަސްޓް 2020 | ހޯމަ 18:17 | 21,698

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން: އޭނާގެ އަމާޒު ކުޅުންތެރިއެއްގެ ގޮތުގައި ހޯދި ކާމިޔާބީތައް ކޯޗެއްގެ ގޮތުގައި ހޯދުމަށް - ގެޓީ އިމޭޖާސް

ކުޅުންތެރިޔެއްގެ ގޮތުގައި ހޯދި ކާމިޔާބީތައް، ކޯޗެއްގެ ގޮތުގައި ހޯދަން ބޭނުންވާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.

ޒިދާން ބުނީ ކްލަބު ލެވަލްގައި ކުޅުންތެރިއެއްގެ ގޮތުގައި ހޯދި ހުރިހާ ކާމިޔާބީއެއް، އެއަށްވުރެ ފުރިހަމައަށް ކޯޗެއްގެ ގޮތުގައި ހޯދިއްޖެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ކޯޗެއްގެ ގޮތުގައި ކްލަބު ލެވަލުން ބޭރުން ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ.

ރެއާލްގެ ކޯޗުގެ މަގާމުގައި ދެން މާގިނަ ދުވަހު އޭނާ ނުހުރެދާނެ ކަމަށާއި، ކްލަބު ލެވަލްގެ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ ފީފާ ކްލަބު ވޯލްޑް ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު އޭނާ އައު ޓާގެޓެއް ކަނޑައެޅި ކަމަށާއި، އެގޮތުން ފްރާންސާއެކު ކުޅުންތެރިއެއްގެ ގޮތުގައި ހޯދި ކާމިޔާބީތައް ކޯޗެއްގެ ގޮތުގައި ހުރެ ހޯދަން ބޭނުންވާ ކަމަށެވެ.

ޒިދާން އެންމެ ފުރަތަމަ ރެއާލަށް ކޯޗުކޮށްދިނީ 2016-2018 ގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި ޖެހިޖެހިހެން ތިން ފަހަރަށް ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިން ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވަނީސް ކުއްލި ގޮތަކަށް ރެއާލްގެ ކޯޗުކަން އޭނާ ދޫކޮށްލިއެވެ. ޒިދާން ދެވަނަ ފަހަރަށް ރެއާލާ ހަވާލުވީ މިދިޔަ އަހަރު މާޗު މަހުގައެވެ. ރެއާލާއެކު ޒިދާން މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ.

ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލުން މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކުރިއިރު، ޒިދާން ވަނީ މިހާތަނަށް ރެއާލާއެކު ޖުމްލަ 11 ތަށި ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.