ކ. މާލެ
|
3 އޯގަސްޓް 2020 | ހޯމަ 14:37
ޕްރިމިއާ ލީގުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަނީ: ގަސްތުގައި ކެއްސާ ކުޅުންތެރިންނަށް ކާޑު ދެއްކުމުގެ ހުއްދަ ވަނީ ދީފައި
ޕްރިމިއާ ލީގުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަނީ: ގަސްތުގައި ކެއްސާ ކުޅުންތެރިންނަށް ކާޑު ދެއްކުމުގެ ހުއްދަ ވަނީ ދީފައި
ގެޓީ އިމޭޖަސް
ރެފުރީންނަށް ހާއްސަ އިޚްތިޔާރެއް ދިނުން
ގަސްތުގައި ކެއްސާ ކުޅުންތެރިންނަށް ކާޑު ދައްކަނީ
 
ގަސްތުގައި ކެއްސާނަމަ ރީނދޫ ނުވަތަ ރަތް ކާޑޫ ދެއްކުމުގެ އިޚްތިޔާރު ރެފުރީންނަށް ލިބޭ
 
ރެފުރީންނަށް ހާއްސަ އިޚްތިޔާރުތަކެއް ވަނީ ދީފައި

އިދިކޮޅު ކުޅުންތެރިޔާ އާއި ރެފުރީއާ ދިމާލަށް ގޮސް ގަސްތުގައި ކެއްސާ ކުޅުންތެރިންނަށް ކާޑު ދެއްކުމުގެ އިޚްތިޔާރު އިނިގރޭސި އެފްއޭއިން ދީފިއެވެ.

އިނގިރޭސި އެފްއޭއިން ބުނީ ކޮވިޑް-19 ގެ މި ދަނޑިވަޅުގައި ގަވާއިދުތަކަށް ގެނައި ބަދަލާއެކު، ރެފުރީންނަށް ހާއްސަ އިޚްތިޔާރުތަކެއް ދީފައިވާނެ ކަމަށެވެ.

އެގޮތުން ކުޅުންތެރިން ނުރުހުންވާ ވަގުތުތަކުގައި ރެފުރީންނާ ދިމާލަށް އަންނަ ކަމަށާއި، އެ ދަނޑިވަޅުތަކުގައި ރެފުރީންނާ ދިމާލަށް ގޮސް ގަސްތުގައި ކެއްސާ އެފަދަ ކަންކަން ކުރާނަމަ ކާޑު ދެއްކުމުގެ އިޚްތިޔާރު ރެފުރީންނަށް މިހާރު ދީފައިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެގޮތުން ރެފުރީއާ ދިމާލަށް ބޭއަދަބީ ބަހުން ވާހަކަދެއްކުމުން އަމަލުކުރާ އުސޫލާ އެއްގޮތަށް, ގަސްތުގައި ކެއްސާނަމަ ރީނދޫ ނުވަތަ ރަތް ކާޑޫ ދެއްކުމުގެ އިޚްތިޔާރު ރެފުރީންނަށް ލިބެއެވެ.

އަންނަ ސީޒަނަށް އިނގިރޭސި އެފްއޭއިން ގަވާއިދަށް ބަދަލު ގެނައިރު، ކޮވިޑް-19 ގެ ބްރޭކަށްފަހު ލީގު އަލުން ފެށިއިރުވެސް ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން އިނގިރޭސި އެފްއޭއިން ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކޮށްފައެވެ.

ފީފާއިން ހުށަހެޅި މި ގަވާއިދު އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން މީގެ ކުރިން ފާސްކޮށްފައިވަނީ މި ސީޒަނަށް އެކަންޏެވެ. އެކަމަކު މިހާރު ވަނީ އަންނަ ސީޒަނުގައިވެސް މި ގަވާއިދަށް އަމަލުކުރެވޭނެކަން ހާމަކޮށްފައެވެ. އެކަމަކު މި ކަމުގައި އެންމެ ފަހު ގޮތް ނިންމާނީ ލީގުތަކުގެ ބޯޑުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް