ކ. މާލެ
|
3 އޯގަސްޓް 2020 | ހޯމަ 13:09
މިދިޔަ އަހަރުގެ އައިޕީއެލްގައި ކުޅުނު މެޗެއްގެ ތެރެއިން
މިދިޔަ އަހަރުގެ އައިޕީއެލްގައި ކުޅުނު މެޗެއްގެ ތެރެއިން
އޭއެފްޕީ
އައިޕީއެލް ބާއްވަން ނިންމުން
ޔޫއޭއީގައި އައިޕީއެލް ބާއްވަން ނިންމައިފި
 
ޔޫއޭއީގެ އިތުރުން ލަންކާއިންވެސް ވަނީ އައިޕީއެލް ބާއްވަން ހުށަހަޅާފައި
 
އައިޕީއެލް ފަށާނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު
 
އައިޕީއެލް ފަށަން އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ މާޗު މަހުގެ 29 ވަނަ ދުވަހު

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ބޭއްވުމަށް ނިންމައިފިއެވެ.

އައިޕީއެލް ފަށަން އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ މާޗު މަހުގެ 29 ވަނަ ދުވަހުއެވެ. އެކަމަކު ޓީ-20 މި މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) ން ނިންމީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.

އެއާއެކު ޔޫއޭއީ އާއި ސްރީލަންކާއިން ވަނީ އައިޕީއެލް ބޭއްވުމަށް ހުށަހަޅާފައެވެ. އެކަމަކު ބީސީސީއައި އިން އައިޕީއެލް ބޭއްވުމަށް ނިންމާފައިވަނީ ޔޫއޭއީގައެވެ. އެގޮތުން މި މުބާރާތުގެ 53 މެޗު ޔޫއޭއީގެ ތިން ސިޓީއެއްގައި ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ. މުބާރާތުގެ ކުޅުން ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 19ން ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ އައިޕީއެލް ޔޫއޭއީގައި ބާއްވާއިރު، މި މުބާރާތް މީގެ ކުރިންވެސް ވަނީ ޔޫއޭއީގައި ބާއްވާފައެވެ. އެގޮތުން 2014 ވަނަ އަހަރުގެ މުބާރާތުގެ އެއްބައި ވަނީ ޔޫއޭއީގައި ކުޅެފައެވެ. އަދި 2009 ވަނަ އަހަރު މި މުބާރާތް ވަނީ ސައުތު އެފްރިކާގައި ބާއްވާފައެވެ. އޭރު މުބާރާތް ސައުތު އެފްރިކާއަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ.

ކޮވިޑް-19އާ ގުޅިގެން އައިޕީއެލް އިންޑިއާއިން ބޭރުގައި ބާއްވާއިރު، އިންޑިއާގައި މި ވައިރަސް އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް އިންޑިއާއިން މި ވައިރަހަށް އެއް މިލިޔަނަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. އަދި މި ވައިރަސް ޖެހިގެން އެ ގައުމުން 38،000 ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު