ހުކުރު 02 އޮކްޓޯބަރ 2020
12 އަތަ
1442 ސަފަރު 14
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:09
އިރުއޮއްސޭ 18:00
އިޝާ 19:11
ކޮވިޑް-19 ސައުދީގެ ޙާލަތު

ސައުދީން ފެނުނު ކޮވިޑް-19 ގެ ކޭސްތައް ރެކޯޑް އަދަދަކަށް ދަށްވެއްޖެ

  • ސައުދީން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސްތަކުގެ ޖުމުލަ އަދަދަކީ 278،835
  • އިތުރު 2533 މީހަކު ބަލިން ރަނގަޅު ވެފައިވޭ
  • މިވަގުތުވެސް އެކްޓިވް ކޭސްތަކުގެ ގޮތުގައި 35،837 ކޭސްއެއް ރިޕޯޓް ކުރެވިފައިވޭ

ކ. މާލެ | 3 އޯގަސްޓް 2020 | ހޯމަ 09:32 | 11,204

ސައުދީ އަރަބިއާއިން މިވަގުތު އެންމެ ގިނަ ކޭސް ރިޕޯޓް ކުރެވިފައިވަނީ މައްކާއިން، އަދި އެ ޤައުމުގެ ރިކަވަރީ ރޭޓްވެސް ވަނީ މަތިވެފައި - ހިންދުސްތާނީ ޓައިމްސް

ސައުދީ އަރަބިއާއިން ފެނުނު ކޮވިޑް-19 ގެ ކޭސްތައް ރެކޯޑް އަދަދަކަށް ދަށްވެއްޖެއެވެ.

ސައުދީ ގެޒެޓްގައި ރިޕޯޓް ކޮށްފައިވާ ގޮތުން ސައުދީއަރަބިއާއިން އާދިއްތަ ދުވަހު ރިޕޯޓް ކުރެވިފައިވަނީ 1357 ކޭސްއެވެ. އަދި މިއީ ފާއިތުވެ ދިޔަ މަސްތަކަށް ބަލާއިރުވެސް ދުވާލެއްގެ މައްޗަށް ފެނުނު ކޭސްތައް މިހައި ދަށްވި ފުރަތަމަ ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއާއެކު ސައުދީން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސްތަކުގެ ޖުމުލަ އަދަދަކީ 278،835 (ދެލައްކަ ހަތްދިހަ އަށްހާސް އަށްސަތޭކަ ތިރީސް ފަހެއް) އެވެ.

އޭގެ އިތުރުން، ސައުދީގައި ބަލިން ރަނގަޅުވާ ނިސްބަތް (ރިކަވަރީ ރޭޓް) ވެސް ވަނީ 86.1 އިންސައްތައަށް އަރާފައެވެ. އަދި އިތުރު 2533 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، މިހާތަނަށް ކޮވިޑް-19 ޖެހިގެން އެ ޤައުމުން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު ވަނީ 240،081 (ދެލައްކަ ސާޅީސްހާސް އައްޑިހަ އެކަކަށް) އަރާފައެވެ.

އާދިއްތަ ދުވަހު ސައުދީން އިތުރު 30 މީހަކު މި ބަލީގައި މަރުވެފައިވެއެވެ. އެއާއެކު މަރުވި މީހުންގެ ޖުމުލަ އަދަދަކީ 2917 އެވެ. އަދި މިވަގުތުވެސް އެކްޓިވް ކޭސްތަކުގެ ގޮތުގައި 35،837 ކޭސްއެއް ރިޕޯޓް ކުރެވިފައިވާއިރު، އޭގެ ތެރެއިން 2011 ކޭސްއަކީ ސީރިއަސް ޙާލަތުގައި ތިބި ބަލި މީހުންނެވެ.

ފަހުން ފެނުނު ކޭސްތަކާއެކު، ސައުދީން މިހާރު އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެގެން ރިޕޯޓް ކޮށްފައިވަނީ މައްކާއިންނެވެ. ދެވަނައަށް ރިޔާދް އޮތްއިރު، ތިންވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓް ކުރެވިފައިވަނީ ޖިއްދާއިންނެވެ.

ސައުދީން ފެނުނު ކޭސްތައް ރެކޯޑް އަދަދަކަށް މަދުވެފައިވާއިރު، އާދިއްތަ ދުވަހު ވަނީ ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ވަރުގަދަ ފިވަޅުތަކާއެކު ކުރެވުނު ހައްޖުގެ އަޅުކަންވެސް ނިންމާލާފައެވެ. އެގޮތުން މީގެ ކުރިން ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަން މުސްލިމުން ދިޔަ ނަމަވެސް، މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކޮށްފައިވަނީ 10،000 މުސްލިމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.