ކ. މާލެ
|
3 އޯގަސްޓް 2020 | ހޯމަ 00:29
އަމީތާބް ބަޗަން
އަމީތާބް ބަޗަން
ގަލްފް ޓައިމްސް
ބޮލީވުޑް
އަމީތާބް ކޮވިޑުން ފަސޭހަވެ، ހޮސްޕިޓަލުން ދޫކޮށްލައިފި
 
އަބީޝެކް އަދިވެސް އޮތީ ހޮސްޕިޓަލުގައި
 
އަމީތާބް ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޖުލައި 11 ގައި
 
އަމާތާބް ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ އާދިއްތަ ދުވަހު

ބޮލީވުޑް މެގަރ ސްޓާރ އަމީތާބް ބަޗަން ކޮވިޑް-19 އިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އަމީތާބްގެ ފިރިހެން ދަރިފުޅު އަބީޝެކް ބަޗަން އާދިއްތަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ ބައްޕަގެ އެންމެ ފަހުން ހެދި ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި 23 ދުވަސް ފަހުން އަމީތާބް ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

އުމުރުން 77 އަހަރުގެ އަމީތާބް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. އެދުވަހު އަމީތާބް ވަނީ މުމްބާއީގެ ނަނާވަތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައެވެ. ހަމަ އެދުވަހު އަބީޝޭކްވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. ނަމަވެސް އަދި އެބީޝެކް ހޮސްޕިޓަލުން ދޫކޮށްލާފައެއް ނުވެއެވެ.

މި ދެބަފައިންގެ ކޮންޓެކްޓް ޓްރޭސިން ތެރެއިން އަބީޝެކްގެ އަންހެނުން އައިސްވަރިޔާ ރާއީ ބަޗަން އާއި އަރާދް ބަޗަންވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓްކޮށްފައެވެ. އަދި އެދެމައިންގެ ނަތީޖާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އައިޝްވަރިޔާ އާއި އަރާދްޔާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެދެމައިން ފުރަތަމަ ތިބީ ހޯމް ކަރަންޓީންގައެވެ. މި ދެމައިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ ޖުލައި މަހުގެ 17 ގައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އިންޑިއާގެ ނަނާވަތީ ހޮސްޕިޓަލްގައި 10 ދުވަހު އެޑްމިޓް ކުރުމަށްފަހު މި ދެމައިން ވައިރަސް އަށް ނެގެޓިވް ވުމުން ގެއަށް ބަދަލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް