ކ. މާލެ
|
2 އޯގަސްޓް 2020 | އާދީއްތަ 13:07
ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭ: އޭނާ ވަނީ ޔޫރަޕްގެ ރަން ބޫޓު ހޯދާފައި
ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭ: އޭނާ ވަނީ ޔޫރަޕްގެ ރަން ބޫޓު ހޯދާފައި
ގެޓީ އިމޭޖަސް
އިޓާލިއަން ލީގުގެ ރިކޯޑަކާ އިމޮބިލޭ އެއްވަރުކުރުން
ރަން ބޫޓު ހޯދާފައިވާ އިމޮބިލޭ އިޓާލިއަން ލީގުގެ ރިކޯޑަކާ އެއްވަރުކޮށްފި
 
އިމޮބިލޭ ވަނީ އެއް ސީޒަނެއްގައި އިޓާލިއަން ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑާ އެއްވަރުކޮށްފައި
 
އިމޮބިލޭ ވަނީ މި ސީޒަނުގެ އިޓާލިއަން ލީގުގައި 36 ލަނޑު ހަމަކޮށްފައި

ޔޫރަޕްގެ ބޮޑު ފަސް ލީގުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ހޯދާފައިވާ ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭ އިޓާލިއަން ލީގުގެ ރިކޯޑަކާ އެއްވަރުކޮށްފިއެވެ.

ލީގުގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެރޭ ނާޕޮލީ އަތުން 3-1 ން ލާޒިއޯ ބަލިވި ނަމަވެސް، މި މެޗުގައި ކާމިޔާބުކުރި ލަނޑާއެކު އިމޮބިލޭ ވަނީ މި ސީޒަނުގެ އިޓާލިއަން ލީގުގައި 36 ލަނޑު ހަމަކޮށްފައެވެ.

ލީގުގައި ކާމިޔާބުކުރި 36 ލަނޑާއެކު އިމޮބިލޭ ފުރަތަމަ ފަހަރަށް ރަން ބޫޓު ހޯދިއިރު، ލިސްޓުގެ ދެވަނައިގައި އޮތް ބަޔާން މިޔުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޮސްކީއަށް ކާމިޔާބުކުރެވިފައިވަނީ 34 ލަނޑެވެ. އަދި ތިންވަނައިގައި އޮތް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކާމިޔާބުކުރެވިފައިވަނީ 31 ލަނޑެވެ.

ނާޕޮލީއާ ދެކޮޅަށް ކާމިޔާބުކުރި ލަނޑާއެކު އިމޮބިލޭ ވަނީ އެއް ސީޒަނެއްގައި އިޓާލިއަން ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑާ އެއްވަރުކޮށްފައެވެ. މީގެ ކުރިން އެއް ސީޒަނެއްގައި ލީގުގައި 36 ލަނޑު ހަމަކޮށްފައިވަނީ 1928-1929 ވަނަ އަހަރުގެ ސީޒަނުގައި ޓޮރީނޯގެ ފޯވާޑް ޖީނޯ ރޮސެއްޓީ އާއި 2015-2016 ވަނަ އަހަރުގެ ސީޒަނުގައި އޭރު ނާޕޮލީއަށް ކުޅުނު ގޮންޒާލޯ ހިގުއައިންއެވެ.

ނާޕޮލީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އިމޮބިލޭ ބުނީ ރަން ބޫޓު ލިބުމުން އުފާކުރާ ކަމަށާއި، މިއީ ހުވަފެން ހަގީގަތަކަށްވުން ކަމަށެވެ. އަދި މި ކާމިޔާބީއަށް ހާސިލުވުމަށް ޓީމުގެ ކޯޗާއި، ކުޅުންތެރިން އަދި ސަޕޯޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް