ކ. މާލެ
|
2 އޯގަސްޓް 2020 | އާދީއްތަ 01:15
އައިޖީއެމް ހޮސްޕިޓަލް؛ އަންހެން މީހާ ނިޔާވީ އެމަރޖެންސީގައި ފަރުވާދެމުން ދަނިކޮށް
އައިޖީއެމް ހޮސްޕިޓަލް؛ އަންހެން މީހާ ނިޔާވީ އެމަރޖެންސީގައި ފަރުވާދެމުން ދަނިކޮށް
ރާއްޖެއެމްވީ
ކޮވިޑް-19ގެ 17 ވަނަ މަރު
ކޮވިޑް-19 ޖެހުނު 52 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެއްޖެ، މިއީ 17 ވަނަ މަރު
 
އެމީހާ ނިޔާވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 11:20 ހާއިރު

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި އުމުރުން 52 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 04:40 ހާއިރު 52 އަހަރުގެ ދިވެހި އަންހެނެއް ނޭވާލާން އުނދަގޫވެގެން އައިޖީއެމްއެޗްގެ އެމަރޖެންސީ ރޫމަށް ގެންދެވުނު ކަމަށެވެ. އެމީހާ ނިޔާވީ ފަރުވާ ދެމުންދަނިކޮށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވި 17 ވަނަ މީހާއެވެ. އެމީހާ ނިޔާވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 11:20 ހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
8%
0%
92%
0%
0%
0%
ކޮމެންޓް