ކ. މާލެ
|
1 އޯގަސްޓް 2020 | ހޮނިހިރު 19:02
ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭ: މިއީ އޭނާ ރަން ބޫޓު ހޯދި ފުރަތަމަ ފަހަރު
ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭ: މިއީ އޭނާ ރަން ބޫޓު ހޯދި ފުރަތަމަ ފަހަރު
ގެޓީ އިމޭޖަސް
އިމޮބިލޭ ރަން ބޫޓު ހޯދުން
ޔޫރަޕްގެ ރަން ބޫޓު ފުރަތަމަ ފަހަރަށް އިމޮބިލޭއަށް
 
އިމޮބިލޭ ވަނީ މިހާތަނަށް އިޓާލިއަން ލީގުގައި 35 ލަނޑު ޖަހާފައި
 
ރަން ބޫޓު އިމޮބިލޭއަށް ލިބުނީ ތިންވަނައިގައި އޮތް ރޮނާލްޑޯ ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ސްކޮޑުގައި ހިމަނާފައި ނުވުމުން

ޔޫރަޕްގެ ބޮޑު ފަސް ލީގުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު އިޓަލީގެ ފޯވާޑް ޗީރޯ އިމޮބިލޭއަށް ލިބިއްޖެއެވެ.

ރަން ބޫޓު އިމޮބިލޭއަށް ލިބުނީ ރަން ބޫޓު ރޭހުގެ ތިންވަނައިގައި އޮތް ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ، ހޮނިހިރު ދުވަހު ކުޅޭ މެޗުގައި އެޓީމުގެ ސްކޮޑުގައި ހިމެނިފައި ނުވުމުންނެވެ.

އިޓަލީގެ ލާޒިއޯއަށް ކުޅެމުން އަންނަ އިމޮބިލޭ ވަނީ މިހާތަނަށް އިޓާލިއަން ލީގުގައި 35 ލަނޑު ޖަހާފައެވެ. ލިސްޓުގެ ދެވަނައިގައި އޮތް ޖަރުމަނުގެ ބަޔާން މިޔުނިކްގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީ 34 ލަނޑު ޖަހައިފައިވާއިރު، ތިންވަނައިގައި ރޮނާލްޑޯ އޮތީ 31 ލަނޑު ޖަހައިގެންނެވެ.

ޔުވެންޓަސްގެ ކޯޗު ސާރީ ބުނީ ރޮނާލްޑޯ ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗުގައި ނުފެންނާނެ ކަމަށެވެ. އޭނާއަށް އަރާމު ކުރުމުގެ ފުރުސަތު ދިނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކަމަށްވެސް ބުންޏެވެ.

ޔޫރަޕްގެ ރަން ބޫޓު އިމޮބިލީ ކަށަވަރުކުރިއިރު، މިއީ އިމޮބިލީ ރަން ބޫޓު ހޯދި ފުރަތަމަ ފަހަރެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް