ކ. މާލެ
|
1 އޯގަސްޓް 2020 | ހޮނިހިރު 18:07
ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު
ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު
ޝުއައިބް މުހައްމަދު އިގްބާލް
ދިރާގުން ދިން ލުއިތައް
ދިރާގުން ދިން ލުއިއާކާއެކު ރައްޔިތުންނަށް އެދެވޭ ތަސައްލީއެއް ލިބޭނެ ކަމަށް އުންމީދު ކުރަން: މަލީހް
 
ހޯމް ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ
 
މިހާރު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލާ އިތުރު ޑޭޓާ އާއި ސްޕީޑް ލިބިގެންދާނެ ކަމަށް ދިރާގުން ބުނޭ
 
މިކަމުގެ ސަބަބުން ސްކޫލް ދަރިވަރުންނަށް ވައުޗުއަލް ކޮށް ކްލާސްތައް ކުރިއަށް ގެންދަން ފަސޭހަވާނެ

ދިރާގުން ދިން ލުއިތަކާއެކު ރައްޔިތުންނަށް އެދެވޭ ތަސައްލީއެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަަމަށް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހު މިހެން ވިދާޅުވީ ދިރާގުން އެ ކުންފުނީގެ ހޯމް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެެއްވަމުން މިނިސްޓަރު މަލީހު ވިދާޅުވީ މި ދަތި ދަނޑިވަޅުގައި ދިރާގުން ފޯރުކޮށްދޭން ނިންމި ލުއިއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މަލީހު ވިދާޅުވީ މިކަމުގެ ސަބަބުން ސްކޫލް ދަރިވަރުންނަށް ވައުޗުއަލް ކޮށް ކްލާސްތައް ކުރިއަށް ގެންދަން ފަސޭހަވާނެ ކަމަށެވެ.

މަލީހު ވިދާޅުވީ ދިރާގުން މިހާރު ރައްޔިތުންގެ ގޭގެއަށް ގޮސް ހިލޭ ފައިބަރ ކޭބަލްތައް އަޅައިދެމުންދާ ކަަމަށާއި މި ފުރުސަތުގެ ބޭނުން އާންމުން ހިފުމަށް އެދިލައްވާ ކަމަށެވެ.

ވޭތުވެ ދިޔަ މަސްތަކުގައި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތަން ފެނުމާއެކު، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ހޯމް ފައިބަރ އިންޓަނެޓް ޕެކޭޖަތަކުން އިތުރު ޑޭޓާ އަދި ސްޕީޑް ލިބޭނެ ގޮތަކަށް ޕެކޭޖްތައް އަލުން ފަރުމާ ކޮށްފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް %20 އާއި %65 އާ ދެމެދުގެ އިތުރު ޑޭޓާ އަދި މާ ރަގަޅު ސްޕީޑްވެސް ލިބިގެންދާނެކަން ފާހަގަކޮށް ދިރާގުން ބުނީ ހޯމް ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ ކަމަށެވެ.

ރާއްޖޭގެ ގިނަ ގޭބިސީތަކަށް މިހާރު ދިރާގު ފައިބަރ ބްރޯޑްބޭންޑް އަޕްގްރޭޑްގެ އިތުރު ސްޕީޑް އަދި ޑޭޓާ ތަޖުރިބާ ކޮށްލެވޭނެއެވެ. އަދި ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ލިބޭ ހުރިހާ ރަށެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕެކޭޖްތައް ތަޖުރިބާ ކޮށްލުމުގެ މަގުފަހިކޮށްދިނުމަށް ދިރާގުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން 16 ރަށެއްގައި މިހާރު ދިރާގުން ދަނީ ނެޓްވޯކް ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ. އެގޮތުން އަގު، ކޮލިޓީ އަދި ސްޕީޑަށް އެއްވެސް ތަފާތުކުރުމެއް ނެތި މިހާރު ރާއްޖޭގެ ގޭބިސީގެ 76 އިންސައްތައަށް އަދި 61 ރަށަށް މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ.

Advertisement
8%
8%
4%
23%
54%
4%
ކޮމެންޓް
2 އޯގަސްޓް 2020 | އާދީއްތަ 20:34
ދޯ
ލުއި ދިންކަމަށް ވާނީ އަގަށް ބަދަލު އަަިނަމަ
1 އޯގަސްޓް 2020 | ހޮނިހިރު 22:47
ކަޑައޭ
އަޅެ. އުރީދޫއިން ފްރީ އޭ. އެއީ ޕްރޮމޯޝަނަކާ ނުލާ.. ދިރާގަށް ވުރެން މާ ރަގަޅެއްނު.