ކ. މާލެ
|
1 އޯގަސްޓް 2020 | ހޮނިހިރު 17:39
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: އިންފަންޓީނޯގެ މައްޗަށް ކުރެވޭ ތުހުމަތަކީ ނުފޫޒު ބޭނުން ކުރުން
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: އިންފަންޓީނޯގެ މައްޗަށް ކުރެވޭ ތުހުމަތަކީ ނުފޫޒު ބޭނުން ކުރުން
ގެޓީ އިމޭޖަސް
އިންފަންޓީނޯ މައްޗަށް ކުރާ ތުހުމަތުތައް
ބާރާއި ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތު އިންފަންޓީނޯއަށް!
 
"ލޯބާއާއެކު އިންފަންޓީނޯ ބޭއްވި ބައްދަލުވުންތަކުގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވިފައިވޭ"
 
"ލޯބާއާއެކު ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔައިން، އެކަމަކު ޤާނޫނާ ޚިލާފު ކަމެއް ކޮށްފައެއް ނުވާނެ"

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ގުޅޭ ގޮތުން ބާރާއި ނުފޫޒު ބޭނުންކުރި ކަމުގެ މައްސަލައެއް ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން ބަލަން ފަށައިފިއެވެ.

ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރެއް ކަމުގައިވާ ސްޓެފަން ކެލާ ވިދާޅުވީ އެ ގައުމުގެ އެޓާނީ ޖެނެރަލް މައިކަލް ލޯބާއާއެކު އިންފަންޓީނޯ ބޭއްވި ބައްދަލުވުންތަކުގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން ވަނީ ބަޔާނެއްވެސް އާންމު ކޮށްފައެވެ. އެބަޔާނުގައި ބުނެފައިވަނީ އިންފަންޓީނޯގެ މައްޗަށް ތަހުގީގު ކުރަމުން އަންނަނީ ޕަބްލިކް އޮފީހެއް ނަހަމު ގޮތުގައި ބޭނުންކުރުމާއި، ސިއްރިއްޔާތުގައި އޮފީހުގައި ބައްދަލުވުންތަކެއް ބޭއްވުމާއި، ޤާނޫނާ ޚިލާފަށް އަމަލުތަކެއް ހިންގުމުގެ އިތުރުން އެފަދަ ބަޔަކަށް އެހީތެރިވި މައްސަލަ ކަމަށެވެ.

މިކަމާއި ގުޅިގެން އިންފަންޓީނޯ ވިދާޅުވީ ލޯބާއާއެކު ބައްދަލުވުންތަކެއް ކުރިއަށްގެންދިޔަ ކަމަށާއި، އެކަމަކު އެއިން އެއްވެސް ބައްދަލުވުމެއްގައި ޤާނޫނާއި ޚިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް އެއްބާރުލުން ދީފައިވެސް ނުވާނެ ކަމަށެވެ. އަދި ސްވިޒަލެންޑްގެ އެޓާނީ ޖެނެރަލްއާ ބައްދަލުކުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވިއެވެ.

ފީފާގެ ރައީސް އިންފަންޓީނޯގެ މައްސަލައެއް ބަލަމުން އަންނައިރު، ފީފާގެ ކޮރަޕްޝަންގެ މައްސަލަ އެންމެ ބޮޑުވެގެން އައީ 2015 ވަނަ އަހަރުގައެވެ. އެގޮތުން އޭރު ފީފާގެ ރައީސްގެ މަގާމުގައި ހުންނެވި ސެޕް ބްލެޓާގެ މައްޗަށް ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އަދި ބްލެޓާ ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކުރަންވެސް ނިންމިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް