ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ކޮވިޑް-19ށް ވެކްސިނެއް ހޯދުން

ކޮވިޑް-19: ރަޝިޔާއިން ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއް ފަށަނީ

  • އެންމެ ފުރަތަމަ ވެކްސިންދޭ މީހުންގެ ތެރޭގައި ޑޮކްޓަރުން ހިމެނޭ

ކ. މާލެ | 1 އޯގަސްޓް 2020 | ހޮނިހިރު 17:25 | 21,326

ރަޝިޔާގެ ހެލްތް މިނިސްޓަރު މިކައިލް މުރަޝްކޯ - ރަޝިޔާގެ ރައީސް އޮފީސް

މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކޮވިޑް-19ށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއް ފަށާނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާގެ ހެލްތް މިނިސްޓަރު މިކައިލް މުރަޝްކޯ ވިދާޅުވީ، ވެކްސިންގެ ކްލިނިކަން ޓްރަޔަލްސްތައް ނިންމާ ވެކްސިން ރެޖިސްޓަރ ކުރުމުގެ ކަރުދާހުގެ މަސައްކަތްތަކަށް ތައްޔާރުވަމުންދާ ކަމަށެވެ. މި މަސައްކަތް ކުރިޔަށް ގެންދަނީ ވެރި ރަށް މޮސްކޯގައި ހުންނަ ދައުލަތުގެ ރިސާޗް ފެސިލިޓީ، ގަމަލެޔާ އިންސްޓިޓިއުޝަންގައެވެ.

އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ތެރޭގައި ހިމެނޭނީ ޑޮކްޓަރުންގެ އިތުރުން ޓީޗަރުން ކަމަށެވެ. އެކަމަކު ވެކްސިންއާ ގުޅޭ އިތުރު މައުލޫމާތެއް އޭނާ ހަމައެއް ނުކުރައްވައެވެ.

މިދިޔަ ހަފްތާގައި ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުން ރަޝިޔާއިން ކޮވިޑް-19ށް ހޯދަ ވެކްސިން ބޭނުން ކުރުމުގެ ބެހޭ އިދާރާތަކުގެ ހުއްދަ އޮގަސްޓު މަހު ލިބޭނެއެވެ. އެއާއެކު ވެކްސިން ބޭނުން ކުރަން ހެލްތް ވޯކަރުންނަށް ދެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.