ކ. މާލެ
|
1 އޯގަސްޓް 2020 | ހޮނިހިރު 16:08
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް: އެފްއޭ ކަޕް ފައިނަލް މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެރޭ
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް: އެފްއޭ ކަޕް ފައިނަލް މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެރޭ
ގެޓީ އިމޭޖަސް
އެފްއޭ ކަޕްގެ ފައިނަލް މެޗު
ފައިނަލް މެޗުގެ ޕްރެޝަރު ބޮޑީ ހަމައެކަނި އާސެނަލަކަށް ނޫން: ލަމްޕާޑް
 
"ޗެލްސީގެ އަމާޒަކީ ތައްޓަކާއެކު މިސީޒަން ނިންމާލުން"
 
މި މެޗަށް ނުކުންނައިރު ޗެލްސީން ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައި

އިނގިރޭސި އެފްއޭ ކަޕް ފައިނަލް މެޗުގައި އާސެނަލާއި ޗެލްސީ ހޮނިހިރު ދުވަހުގެރޭ ބައްދަލުކުރާއިރު، މި މެޗުގެ ޕްރެޝަރު ބޮޑީ ހަމައެކަނި އާސެނަލަކަށް ނޫން ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

މި މެޗަށް ނުކުންނައިރު ޗެލްސީން ވަނީ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައެވެ. އެކަމަކު އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތަކުން އާސެނަލަށް އަދި ޖާގައެއް ހޯދާފައިނުވާއިރު، ޔޫރޮޕާ ލީގުން އެޓީމަށް ފުރުސަތު ލިބޭނީ މި މެޗު ކާމިޔާބު ކޮށްގެނެވެ.

ލަމްޕާޑު ބުނީ މި މެޗަކީ މި ސީޒަނުގައި ޗެލްސީން އެންމެ ރަނގަޅަށް ތައްޔާރުވި މެޗު ކަމަށާއި، މި މެޗަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އަދި މެޗަށް ނުކުންނައިރު ބައެއް ފަރާތްތަކުން މެޗުގެ ޕްރެޝަރު ބޮޑީ އާސެނަލަށް ކަމަށް ކިޔައި ދައްކަމުން އަންނަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، މެޗުގެ ޕްރެޝަރު އާސެނަލާއި އެއްވަރަށް ޗެލްސީއަށްވެސް އެބައޮތް ކަމަށް ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ބުނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޗެލްސީއަށް ފުރުސަތު ލިބިފައިވީ ކަމަކު، ޗެލްސީގެ އަމާޒަކީ ތައްޓަކާއެކު މިސީޒަން ނިންމާލުން ކަމަށާއި، އެހެންކަމުން މެޗަށް ނުކުންނާނީ އާސެނަލް ބަލިކޮށް އެފްއޭ ކަޕް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށެވެ. ލަމްޕާޑް އިތުރަށް ބުނީ މެޗަކުން ބަލިވުމުން އެކަމުގެ އަސަރު ކުޅުންތެރިންނަށްވުރެ ބޮޑަށް ކޯޗުންނަށް ކުރާނެ ކަމަށާއި އެއީ ކޯޗުގެ ޒިންމާ ބޮޑުވުމުން ކަމަށެވެ.

އެފްއޭ ކަޕް ފައިނަލްގައި އާސެނަލާއި ޗެލްސީ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 21:30 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
100%
ކޮމެންޓް