ކ. މާލެ
|
31 ޖުލައި 2020 | ހުކުރު 23:09
ޝޯއެއް ކުރިއަށްދަނީ
ޝޯއެއް ކުރިއަށްދަނީ
ޓްވިޓަރ
މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް
މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގައި ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފި
 
ޤާނޫނީ ލަފާދިނުމުގެ ކަންކަންވެސް އެ ޖައިއްޔާއިން ހިންގައިދޭ
 
އޮގަސްޓްމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރެޖިސްޓަރ ވެވޭނެ

މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމްޔޫ)ގައި ބައިވެރިވުމަށް އެދޭ ފަންނާނުންނަށް އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޖަމުއިއްޔާގައި ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިހިނގާ ޖުލައި މަހުގެ 23 ވަނަ ދުވަހު ރެޖިސްޓްރީކޮށްފައިވާ މި ޖަމުއިއްޔާގެ މަޤްސަދަކީ ދިވެހި މިއުޒިކް ސިނާއަތުގައި އުޅޭ ހުރިހާ ފަންނުވެރިން ކުރިއަރުވާ ބާރުވެރިކުރުމެވެ. ދިވެހި މިއުޒީޝަނުންނަށް ލިބޭ އުޖޫރައާއި މަސައްކަތް ކުރާ މިންގަނޑުތަކާއި ހަމަތަށްބަލައި، އެމީހުންގެ މަސައްކަތާއި ގުޅުންހުރި އަސާސީ ކަންކަން އެ ޖަމުއިއްޔާއިން ބަލައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބޭނުންވެއްޖެ ހާލަތްތަކުގައި އިރުޝާދުދީ ޤާނޫނީ ލަފާދިނުމުގެ ކަންކަންވެސް އެ ޖައިއްޔާއިން ހިންގައިދުނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްޔޫ އެކުލަވާލުމުގެ މަސައްކަތް ފެށުނީ ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައިން ދުވަސްތަކުގެ ތެރޭގައެވެ.

މި ޖަމުއިއްޔާގެ ފައުންޑިން މެންބަރުންކަމަށްވާ އަހުމަދު ޝިހާމް، ނިޝްފާ ނާޝިދު އަދި މަހުރާން މާޖިދު ވަނީ ރާއްޖޭގެ މިއުޒިކް ދާއިރާގައި މަސައްކަތް ކުރާ އެކިއެކި ފަންނުވެރިންނާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކޮށްފައެވެ. އަދި މި ބައްދަލުވުންތަކުގައި ކަމާއިގުޅުންހުރި ސަރުކާރުގެ އިދާރާތަކުގެ މެންބަރުންވެސް ބައިވެރިވެ މިއުޒީޝަނުންނަށް ދިމާވާ ދަތިތަކާއި ކުރިއަށް އޮތްތަނުގައި އިސްލާހުކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ދިވެހި މއުޒީޝަނުންނާއި ވާހަކަދައްކާ ދިރާސާކުރުމަށްފަހު އެމްޔޫވަނީ އެ ޖަމުއިއްޔާގެ އަސާސީ ޤަވާއިދު އެކުލަވާލައި، މިނިސްޓްރީގެ ހުއްދަވެސް ހޯދާފައެވެ.

އެމްޔޫއިން މިހާރު ކުރަމުންދާ މަސައްކަތަކީ އެ ޖަމުޢިއްޔާގެ ރަސްމީ ވެބްސައިޓް ލޯންޗްކުރުމުގެ މަސައްކަތެވެ. އަދި ޖަމުއިއްޔާގެ ވެބްސައިޓްwww.musiciansunion.mvމެދުވެރިކޮށް އެމްޔޫގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައިވެއެވެ.

އެމްޔޫ ވުޖޫދަށް ގެނައުމަށް ޔޫތް މިނިސްޓްރީ އާއި ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސް ކޮށްދެއްވާފައިވާ މަސައްކަތާއި ދެއްވި އެއްބާރުލުމަށް އެމްޔޫގެ ޓީމުންނާއި ފައުންޑިން މެންބަރުންގެ ފަރާތުން ވަނީ ޝުކުރުއަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް