ކ. މާލެ
|
29 ޖުލައި 2020 | ބުދަ 11:54
ޖޯން އާއި މޭރީ ބޮކްސާ ކައިވެނި ކުރި ދުވަހު
ޖޯން އާއި މޭރީ ބޮކްސާ ކައިވެނި ކުރި ދުވަހު
ބީބީސީ
ކޮވިޑުގައި މަރުވި ދެމެފިރިން
ކޮރޯނާވައިރަސް: މަންމަ މަރުވީ ބައްޕަގެ ޖަނާޒާގައި ހުއްޓާ!
 
ދެމީހުން ވެސް ދުނިޔެ ދޫކޮށްފައިވަނީ މި އަހަރުގެ މެއި މަހު
 
ބައްޕަ މަރުވުމުން މަންމަ ކެއުން ވެސް ހުއްޓާލި
 
ކައިވެންޏަށް 60 އަހަރު މިއަހަރު ފުރޭނެ

ދުނިޔޭގެ ދިރި ތިބި ނަމަ މި ހަފްތާގައި ޖޯން އާއި މޭރީ ބޮކްސާ ފާހަގަކުރަމުންދާނީ އެމީހުންގެ "ޑައިމަންޑް ވެޑިންގ އެނިވަސީރީ" އެވެ. އެއީ އެމީހުންގެ ކައިވެންޏަށް 60 އަހަރު ފުރުމެވެ. ނަމަވެސް ހާލަތު ނިޔާ ކުރި ގޮތުން އެ ދެމީހުން ވެސް ވަނީ ކޮވިޑް-19 ގެ ޝިކާރައަކަށްވެ މި ދުނިޔެ ދޫކޮށްފައެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އެ ދެމީހުންނަކީ ވެސް ބޮޑު އާއިލާއެއް އޮންނަ، ދެ އާއިލާއަށް ވެސް ލިބުނު ހަތް ދަރިންގެ ތެރެއިން ފުރަތަމަ ދަރިންނެވެ. އެ ދެމަފިރިންނަކީ ވެސް އެންމެ ކުޑައިރުއްސުރެން ގާތް ދެ އެކުވެރިންނެވެ. ޖޯން މަސައްކަތް ކުރަމުން އައި ޓެލެކޮމިއުނިކޭޝަން ދާއިރާގައެވެ. އަދި މޭރީ މަސައްކަތް ކުރަމުން އައި އިނގިރޭސިިވިލާތުގެ ރޯޔަލް ހޮސްޕިޓަލުގެ ވެއިޓްރަސްއަކަށެވެ.

ޖޯން އާއި މޭރީގެ ދަރިންތައް ދިޔައީ އެމީހުންގެ 60 އަހަރު ފުރޭ ކައިވެންޏަށް ގިނަ ޕްލޭންތަކެއް ކުރަމުންނެވެ. ބީބީސީއަށް ދިން އިންޓަވިއުއެއްގައި އެމީހުންގެ އަންހެން ދަރިފުޅު އެލައިނީ ބުނީ އޭނާ ދިޔައީ ދައްތަ ގްލައިންސްއާ އެއްކޮށް އެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށްޓަކައި ވަރަށް ތައްޔާރުވަމުން ކަމަށެވެ.

އަހަރުމެން ވިސްނަމުން ދިޔައީ ހޯލެއް ބުކް ކޮށް، ޅިޔަނު ލައްވާ ލަވައެއް ކިޔުއްވަން. ޅިޔަނީ ލަވަކިޔުންތެރިއެއް. މަންމަ އަދި ބައްޕައަށް ވަރަށް ކަމުދާނެ އޭނަ ލަވަކިޔާ ގޮތް، ވަރަށް އަޑުއަހާ ހިތުން އަޑުއަހާނެކަން ވެސް އިނގޭ. އެކަމަކު ލޮކްޑައުންއަކާ ހެދި އަހަރުމެންގެ ޕްލޭންތައް މަޑުޖައްސާލީ.
އެލައިނީ އިންޓަވިއުގައި ބުނި

މިއަހަރުގެ އޭޕްރިލްގެ މަހުގެ 10 ވަނަ ދުވަހު ޖޯން ބަލިވެގެން ޑޮކްޓަރަށް ދައްކަން އިނގިރޭސިިވިލާތުގެ ރޯޔަލް ހޮސްޕިޓަލު ގެންދެވުނެވެ. އެ ހޮސްޕިޓަލުން އޭނާ ބެލުމަށްފަހު އެއްވެސް މައްސަލައެއް ނުފެނުމުން ގެއަށް އަނބުރާ ފޮނުވާލިއެވެ. އެހެންނަމަވެސް އާދިއްތަ ދުވަހު އަނެއްކާ ވެސް ހޮސްޕިޓަލަށް އެނބުރި ދިޔައެވެ. އެ ދުވަހު ކޮވިޑް-19 އަށް އޭނާގެ ޓެސްޓު ކުރެވުނެވެ. ހޯމަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނެވެ.

ހޮސްޕިޓަލުން އުޅުނީ އަނެއްކާ ވެސް ބައްޕަ އަނބުރާ ގެއަށް ފޮނުވާލަން. އެކަމަކު ޅިޔަނު ބައްޕަ ބަލާއައިރު ބައްޕައަށް ކޮޅަކަށް ނުހުރެވޭ. ބައްޕަ އަކީ ޑައިބޭޓީސް ހުންނަ މީހެއްގެ އިތުރުން ޕާކިންސަންސް ބަލި ހުންނަ މީހެއް. އެކަމަކު ބައްޕަ ބުނޭ ވަރަށް ވަރު ދެރަވެޔޭ.
އެލައިނީ އިންޓަވިއުގައި ބުނި

ބައްޕަ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުމުން އެ ވާހަކަތައް ޤަބޫލުކުރަން އެލައިނީއަށް އުނދަގޫވިއެވެ. ބުރާސްފަތި ދުވަހު ވެސް ބައްޕައާ ވާހަކަ ދެއްކިއިރު ހާލު ރަނގަޅު ކަމަށާއި އެ ދުވަހު ވާހަކަ ދެއްކިއިރުވެސް ހީ ސަމާސާ ކުރިކަމަށް އެލައިނީ ބުންޏެވެ.

އެލަނީ ބުނީ މަންމައަށް މި ޚަަބަރު ލިބުމުން އެކަންތައް ބަލައިގަންނަން ވަރަށް އުނދަގޫވި ކަމަށެވެ. ހަނދާން ނެތޭ ބަލި ހުންނަ އެ މަންމަ ކެއުން ވެސް ހުއްޓާލިއެވެ. ބައްޕަގެ ޖަނާޒާގެ ދުވަސްކޮޅެއް ކުރިން އެލަނީ ރަށުން ބޭރަށް ދިޔައެވެ. އޭރު މަންމަ ކައިރީގައި ހުރީ ދައްތަ ގްލައިނިސްއެވެ.

ދައްތަ ފޯނުކޮށްފައި ބުނި ވަރަށް އަވަހަށް ރަށަށް އައުމަށް. މަންމަގެ ހުން ގަދަކަމަށް ބުނި. މަންމަ ނުވެއެއް ކެއްސި އެކަމަކު އެހެން އެއްވެސް އަލާމާތެއް މަންމަ ގަޔަކުން ނުފެނޭ. މަންމަގެ އޮކްސިޖަން ލެވަލް ހުރީ ދަށުގައި.
އެލައިނީ އިންޓަވިއުގައި ބުނި

ހަމަ އެދުވަހު މެންދުރުގެ ވަގުތެއްގައި އެލަނީގެ މަންމަ މޭރީ ހޮސްޕިޓަލަށް ގެންދެވުނެވެ. މަންމަ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އޭގެ ފަހުން އެނގިގެން ދިޔައެވެ. މަންމަ ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނުއިރު އާއިލާ މީހުންނަށް މަންމައާ ބައްދަލު ކުރެވެނީ ވީޑިއޯ ކޯލް މެދުވެރިކޮށް އެކަނި ކަމަށް އެލައިނީ ބުންޏެވެ.

އެލައިނީގެ ބައްޕަ ކޮވިޑް-19 ގައި ދުނިޔެ ދޫކޮށްފައިވަނީ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. ބައްޕަގެ ޖަނާޒާގައި ބައިވެރިވުމުގެ ހުއްދަ ލިބުނީ އެންމެ 7 މީހުންނަށެވެ. އެއީ އެލައިނީއާ، އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާ، ދައްތަ، ޅިޔަނު، ބައްޕަގެ ބޭބެ، ތިމާގެ މީހަކާއި އޭނާގެ އަންހެނުންނަށެވެ. ޖަނާޒާ ކުރިއަށްދިޔަ ވަގުތު އެންމެންގެ ފޯނުތައް ވެސް ސައިލެންޓަށް ލާފައިވާ ކަމަށް އެލިނީ ބުންޏެވެ.

ޖަނާޒާ ނިންމާލުމަށްފަހު އަހަރުމެން ދިޔައީ ދައްތަގެ ގެއަށް. ޅިޔަނު ފޯނު ބެލިއިރު ވަރަށް ގިނައިން މިސްކޯލްތަކެއް ފެނުނު. ނަންބަރަށް ގުޅުމުން ހޮސްޕިޓަލުގެ ވޯޑަށް ފޯނު ޕާސްކުރި. ހޮސްޕިޓަލުން ބުނި ވާހަކަ ޅިޔަނު ދައްތަ ކައިރީގައި ބުނި. މަންމަ މަރުވެއްޖެ!! ދައްތަ އާއި އަހަރެން ވަރަށް ދެރަވި. ދެމީހުން އެކަކު އަނެކަކު ގައިގައި އޮޅުލައިގެން ވަރަށް ރުއިން. އިނގޭ މަންމައާ ބައްޕަގެ އުމުރުގެ ގޮތުން ވެސް ކަންތައްތަކެއް އަންނާނެކަން. އެކަމަކު ހައިރާންވީ ބައްޕަގެ ޖަނާޒާ އޮތް ދުވަހު މަންމަ ވެސް މަރުވީމަ.
އެލައިނީ އިންޓަވިއުގައި ބުނި

މެއި 8 ވަނަ ދުވަހު މަންމަ މަރުވިއިރު ޖަނާޒާގެ ކަންތައްތަކުގެ އުސޫލު ބަދަލުވެފައި ކަމަށާއި އެހެންކަމުން މިފަހަރު ޖަނާޒާއަށް 16 މީހުން ގެންދެވުނު ކަމަށް އެލަނީ ބުންޏެވެ. އެލަނީ ބުނީ އެއް ހޮސްޕިޓަލެއްގައި ދެމީހުން އެޑްމިޓް ކުރިނަމަ މަންމަ އާއި ބައްޕަ އެކަގައިވީސްކަން ޔަޤީން ކަމަށެވެ.

މަންމަ އާއި ބައްޕަ ވެސް އެކުގައި ޗުއްޓީ ހޭދަކުރުމަށް ލޯބި ކުރާ ކަަމަށް އެލައިނީ ބުންޏެވެ. އެގޮތުން އެމީހުންގެ ކައިވެންޏަށް 40 އަހަރު ފުރުނުއިރު ޗުއްޓީ ހޭދަކުރުމަށް އެމެރިކާއަށް ގޮސް، އެކުގައި ވަރަށް ލޯބި ވަގުތެއް ހޭދަކުރި ކަމަށް ވެސް ވަނީ ބުނެފައެވެ.

އެލަނީގެ އާއިލާއާއެކު

މަންމަ އާއި ބައްޕަ އަކީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ދެމީހުން ކަމަށް އެލަނީ ވަނީ ބުނެފައެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މި ވައިރަސް ޖެހޭ މީހުންގެ ތެރޭގައި އެންމެ ރިސްކް ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންގެ އިތުރުން ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުންނަކަށް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މުޅި ދުނިޔެ ސިއްސުވާލި ކޮވިޑް-19 ގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ދުނިޔެ ދޫކޮށްފައިވާއިރު މިފަދަ އެތައް ވާހަކަތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވިގެންދާނެއެވެ. މިއީ ވެސް އެފަދަ ވާހަކައިގެ ތެރެއިން އެއްވާހަކައެވެ. އުންމިދަކީ މި ވައިރަސްއަށް ވެކްސިނެއް އުފެއްދި މިކަމުން އެންމެން އެކީގައި އަރައިގަތުމެވެ.

ނޯޓް: މިއީ ބީބީސީގައި ލިޔެފައިވާ ރިޕޯޓެއްގެ ތަރުޖަމާއެކެވެ.

0%
0%
75%
0%
0%
25%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު