ކ. މާލެ
|
26 ޖުލައި 2020 | އާދީއްތަ 00:46
ބާޒާރުމަތި: ފުދުންތެރިކަން އިތުރުކުރުމަށް އެހެނިހެން ސިނާއަތްތައް ކުރިއަރުވަންޖެހޭ
ބާޒާރުމަތި: ފުދުންތެރިކަން އިތުރުކުރުމަށް އެހެނިހެން ސިނާއަތްތައް ކުރިއަރުވަންޖެހޭ
ރާއްޖެ އެމްވީ
މިނިވަން ދުވަސް 2020
"މިނިވަންކަމުގެ ނަމުން ލިބުނަސް ނަމެއް ސިޔާސަތުން، މިނިވަންކަމުގެ ހަގީގަތީ ކެރިފޯރުމޭ ގޮވާނަމޭ"
 
ފޯރުންތެރިކަމެއް ނެތް މިނިވަންކަމަކީ ނަމެއްގައި އޮތް މިނިވަންކަމެއް
 
ރާއްޖޭގެ މުޅި އިގްތިސާދުގެ މިސްރާބު ބަދަލުކުރަން ޖެހޭ

"މިނިވަންކަމުގެ ނަމުން ލިބުނަސް ނަމެއް ސިޔާސަތުން، މިނިވަންކަމުގެ ހަގީގަތީ ކެރިފޯރުމޭ ގޮވާނަމޭ" މިއީ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން މިނިވަންކަމާއި ކެރިފޯރުންތެރިކަމުގެ ގުޅުން ހާމަކޮށް ލިޔުއްވަވާފައިވާ ޅެންބައިތެކެވެ. މި ފަށުވި ބަސްތަކުން އަޅުގަނޑުމެންނަށް އެނގިގެންދަނީ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވަނީ ކެެރިފޯރުންތެރިކަންކަމެވެ. އިގްތިސާދީ ގޮތުން ފުދުންތެރި ގައުމެއްގެ ގޮތުގައި އޮތުމެވެ.

އެހެންނަމަވެސް، ރާއްޖޭގެ އިގްތިސާދަށް މިއަދު ބަލާލާއިރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ރާއްޖޭގެ އިގްތިސާދު މުޅިންހެން ބަރޯސާވެފައި އޮންނަނީ އެންމެ ސިނާއަތަކަށެވެ. އެއީ ފަތުރުވެރިކަމެވެ. ރާއްޖޭގެ ރަން ބިސް އަޅާ ކުކުޅު ކަމަަށްވާ ފަތުރުވެރިކަމަކީ ދުނިޔެއަށް އަންނަ ކޮންމެ ސިޔާސީ އަދި އިގްތިސާދީ ލޮޅުމަކުން އަސަރުކުރާ ސިނާއަތަކަށެވެ.

ރާއްޖޭގެ ދޮންވެލި ތުނޑިތަކާއި ހިތްގައިމު ފަރުތަކާއި ވިލުނޫ ކުލައިގެ ފަޅުތައް ވިއްކައިގެން އާމްދަނީގެ ބޮޑުބައެއް ހޯދަމުންދާއިރު މުޅި ދުނިޔޭގައިވެސް ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ދޮރުތައް ބަންދުކުރަން މަޖުބޫރުވިއެވެ. އެ ލޮޅުމާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ 47 އަހަރުގެ ތެރޭގައި ފަތުރުވެރިންގެ އަދަދު ސުމަކަށް ވެއްޓުނެވެ. އެހިސާބުން ހާމަވި އެއް ކަމަކީ އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތުމުގެ ނަތީއްޖާއެވެ.

އާމްދަނީ ހޯދުމަށް އެހެން ގައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ސިނާއަތްތައް ކުރިއަރުވާ އަމިއްލަ އުފެއްދުނ ތެރިކަން އިތުރުކުރަން މިއަދު މިވަނީ މަޖުބޫރުވެފައެވެ. މި ކަންކަމުން ފިލާވަޅު ލިބިގަނެ، ރާއްޖޭގެ މުޅި އިގްތިސާދުގެ މިސްރާބު ބަދަލުކުރަން ޖެހެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރާއިރު ގަބޫލުކުރަންޖެހޭ ހަގީގަތަކީ މި ސިނާއަތުން ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ވާންވީ މިންވަރަކަށް ފައިދާއެއް ނުވާކަމެވެ. ފައިދާ ވުމޭ މި ބުނަނީ ދިވެހިންނަށް ވަޒީފާ ފޯރުކޮށްދިނުމުގެ ވާހަކައެއް ނޫނެވެ. ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ރިސޯޓު ހިންގަމުންދާއިރު، ކައިރި ރަށްތަކަށްވެސް ކޮންމެވެސް ފައިދާއެއް ވާންޖެހެއެވެ.

ރިސޯޓުތަކުގެ ވަށައިގެންވާ ވެށި ހިމާޔަތްކުރަންޖެއެވެ. އެހެންނަމަވެސް ރާއްޖޭގެ ކަންއޮތް ގޮތަށް ބަލާލާއިރުވެސް، ފައިދާ ވަނީ މަދު ބަޔަކަށެވެ. ފަތުރުވެރިކަމުގެ ސިނާއަތުން ދިވެހިންނަށް ހަގީގީ ފައިދާ ނުލިބެއޭ މިދަންނަވަނީ މި ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންނަށް ވުރެ ބިދޭސީންގެ އަދަދު ގިނަވުމުންނެވެ. ރިސޯޓުތަކުގެ މަތީ މަގާމުތަކުގައި ތިބި ފަރާތްތަކުން ފެންނަނީ މުޅިންހެން ބިދޭސީންނެވެ. މަދު ބައެއްގެ ބާރުގެ ދަށުގައި މި ސިނާއަތްވެސް އޮތް ވާހަކައަކީ މިއަދުގެ ހަގީގަތެވެ. މިހާ ހިސާބުން ހަގީގީ މިނިވަންކަން އެބައޮތޭ ބުނެވިދޭނެތޯ އެއީ އުފެއްދުން މުހިންމު ސުވާލެކެވެ. އަމިއްލަ މިނިވަން ކަމަކީ އެހެން ބައެއްގެ ބާރުނެތި ގައުމު މިނިވަންވެފައި އޮތުމެވެ. މާލީ ގޮތުންވެސް ބާރުވެރިކަން އޮތުމެވެ.

ރާއްޖޭގެ ފުދުންތެރިކަމާޢި ގުޅިފައިވާ އަނެއްކަމަކީ ޚާރިޖީ ސިޔާސަތެވެ. ގާނޫނު އަސާސީގެ 23 ވަނަ މާއްދާގެ ދަށުން ދިވެހިންނަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ހައްގުތައް ލިއްބައިދިނުމަށް ވެސް ބަރޯސާވާން ޖެހިފައިމިވަނީ އެހެންގައުމުތަކަށެވެ. އެހެން ގައުމުތަކުގެ ދީލަތި އެހީއަށެވެ.

ރާއްޖޭގައި ރައްޔިތުން އެކި ރަށްރަށުގައި ދިރިއުޅެމުންދާއިރު މިއިން ކޮންމެ ރަށަކަށް މި ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދިނުމަކީ ޚަރަދުގެ ގޮތުން ބޮޑު ކަމެކެވެ. މި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ހަރަދު ހޯދުމަށްޓަކައި ދިވެހި ދައުލަތަށް ޖެހެނީ ބޭރުގެ އެހީ ހޯދާށެވެ. ބޭރުގެ އެހީ އެކި ގައުމުތަކުން ފޯރުކޮށްދިން ނަމަވެސް، މި އެހީވެސް ލިބެނީ ކޮންމެސް ޝަރުތުތަކަކާއި އެކުއެވެ. ޝަރުތުތަކެއް ކަނޑައަޅާފައިވާތިވެ، ބޭނުންވާ ގޮތަށް ކަންތައް ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅެއެވެ.

ތަރައްގީގެ ވާހަކަދައްކަމުންދާއިރު، މިސާލެއްގެ ގޮތުގައި ސިންގަޕޫރު ނަގަމާތޯއެވެ. ރާއްޖެއަށް ވުރެ މަސްތަކެއް ފަހުން މިނިވަން ކަން ލިބުނު ސިންގަޕޫރަކީ ރާޢްޖެއާއި ޚިލާފަށް ގުދުރަތީ ވަސީލަތްތައް މަދު ގައުމެކެވެ. ތަރައްގީކުރުމަށްޓަކައި އެހެން ގައުމުތަކުގެ އެހީ ސިންގަޕޫރުންވެސް ހޯދިއިރު އެގައުމުން އެންމެ ބޮޑު ސަމާލުކަމެއް ދިނީ އެގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ކަންތައްތައް ބައްޓަން ކުރުމަށެވެ. ރައްޔިތުން ބާރުވެރިކުރުވުމަށެވެ.

ކޮންމެއަކަސް، ގައުމެއްގެ ފުދުންތެރިކަމާއި މިނިވަންކަން އޮތީ ގުޅިލާމެހިފައެވެ. މިނިވަންކަން ދެމެހެއްޓުމަށްޓަކައި ފުދުންތެރިކަން އިތުރުކުރަން ޖެހެއެވެ. ފުދުންތެރި ގައުމެއްގެ ގޮތުގައި އޮތުމަށް ރައްޔިތުން ބާރުވެރި ކުރުވަންވެސް ޖެހެއެވެ.

ތެދެކެވެ. ކެރި ފޯރުންތެރިކަމެއް ނެތް މިނިވަންކަމަކީ ނަމެއްގައި އޮތް މިނިވަންކަމެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް