ކ. މާލެ
|
25 ޖުލައި 2020 | ހޮނިހިރު 19:15
ހިއުސްޓަންގައި ހުންނަ ޗައިނާގެ ކޮންސުލޭޓު
ހިއުސްޓަންގައި ހުންނަ ޗައިނާގެ ކޮންސުލޭޓު
ގެޓީ އިމޭޖަސް
ޗައިނާ - އެމެރިކާ
ޗައިނާ ކޮންސުލޭޓުގެ ދޮރު ހަލާކުކޮށްލައިގެން އެމެރިކާގެ އޮފިސަރުން ވަދެއްޖެ
 
ޗައިނާ އާއި އެމެރިކާގެ ގުޅުންތައް ވަނީ ފަހުގެ ތާރީހެއްގައި ނުވާ ވަރަށް ގޯސްވެފައި
 
ކޮންސުލޭޓުގެ މުވައްޒަފުން ވަނީ އެތަން ދޫކޮށް ގޮސްފައި

އެމެރިކާގެ ހިއުސްޓަންގައި ހުންނަ ޗައިނާ ކޮންސުލޭޓުގެ ދޮރު ހަލާކުކޮށްލައިގެން އެމެރިކާގެ އޮފިސަރުންތަކެއް އެތަނުގެ ތެރެއަށް ވަދެއްޖެއެވެ.

ހިއުސްޓަންގައި ހުންނަ ޗައިނާ ކޮންސުލޭޓުގެ މައްސަލަ ހޫނުވީ އެމެރިކާގެ އޮފިސަރުންތަކެއް ފާރަލަމުން އަންނަ ބަޔަކު ޗައިނާ ކޮންސުލޭޓުގެ ތެރެއަށް ވަނުމާއި ގުޅިގެންނެވެ. ކޮންސުލޭޓުގެ ބޭރުގައި އެމެރިކާގެ ތަންފީޒީ އިދާރާތަކުގެ އޮފިޝަލުން ހަރަކާތްތެރިވާން ފެށުމުން، އެތަނުގައި ތިބި މުވައްޒަފުން ވަނީ ހުކުރު ދުވަހު ހަވީރު 4 ޖެހުމުގެ ކުރިން އެތަން ދޫކޮށް ގޮސްފައެވެ.

ދެ ގައުމުގެ ހާރިޖީ ގުޅުންތައް ގޯސްވެ އެއް ގައުމުން އަނެއް ގައުމަށް އަންނަނީ ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރަމުންނެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ރައްދު ދޭނެ ކަމަށް ދެ ގައުމުން ވެސް އަންނަނީ ބުނަމުންނެވެ.

އެމެރިކާގެ ރައީސްގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން ދެ ގައުމުގެ ގުޅުންތައް ވަނީ އިންތިހާއަށް ގޯސްވެފައެވެ. އަދި މި ގުޅުންތައް ހައްލު ކުރުމަށް އެކި ފަހަރު މަތިން މަޝްވަރާކުރެވުނު ނަމަވެސް، އެދެވިގެންވާ ވަރުގެ ހައްލެއް ނުލިބި އުޅެނިކޮށް ކޮވިޑް ރޯގާއާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
17%
22%
6%
6%
6%
44%
ކޮމެންޓް