ކ. މާލެ
|
25 ޖުލައި 2020 | ހޮނިހިރު 09:39
ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގެ މަސައްކަތުގައި މީހަކު ހަރަކާތްތެރި ވަނީ (ފައިލް)
ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގެ މަސައްކަތުގައި މީހަކު ހަރަކާތްތެރި ވަނީ (ފައިލް)
-
ގެފުޅުގެ އުރަކޮޅު
ގެފުޅުގެ އުރަކޮޅު ބަދަލު ކުރުން އަންނަ ބުރާސްފަތި ދުވަހު
 
ލިޔުންތައް ހުންނަނީ ރަނާއި ރިހިން
 
އުރަކޮޅު ތައްޔާރު ކުރުމަށް 670 ކިލޯގެ ފަށުވި ބޭނުން ކުރޭ

ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގެ ރަސްމިއްޔާތު ޒުލްހިއްޖާ މަހުގެ ނުވައެއް ވާ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.

ގެފުޅުގެ ބޭރުން ލާފައި ހުންނަ ކަޅު ކުލައިގެ އުރައަކީ ފަށުވިން ވިޔެ ރަނާއި ރިހިން ޖަރީކޮށްފައި އޮންނަ އުރައެކެވެ.

ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގެ މިއަހަރުގެ ހަރަކާތުގައި 160 އެހީތެރިންނާއި ޓެކްނީޝަނުން ބައިވެރިވާނެ ކަމަށް ހުރުމަތްތެރިވެގެންވާ މިސްކިތްތައް ބެލެހެއްޓުމާ ބެހޭ އިދާރާއިން ބުނެފައިވެއެވެ.

ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގެ ރަސްމިއްޔާތު މީގެ ކުރިންވެސް ބާއްވަމުން އައިސްފައިވަނީ ހައްޖުގެ އަޅުކަމުގެ 2 ވަނަ ދުވަސް ކަމުގައިވާ ޒުލްހިއްޖާ މަހުގެ 9 ވަނަ ދުވަހުއެވެ. އެއީ ހައްޖުވެރިން އަރަފާތަށް ގޮސް، ހައްޖުގެ މަތިވެރި އަޅުކަމުގެ އެންމެ މުހިންމު ރުކުން އަދާކުރާ ދުވަހެވެ.ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރުމަށް 670 ކިލޯގެ ފަށުވި ބޭނުން ކުރެއެވެ. އަދި އުރަކޮޅުގައި ލިޔެފައި ހުންނަ ލިޔުންތަކަކީ ރަނާއި، ރިހި ބަރަނިން ގޮތްހަދާ ޒީނާތްތެރި ކުރެވިފައި ހުންނަ ލިޔުން ތަކެކެވެ. މިކަމަށް 120 ކިލޯ ރަނާއި، 100 ކިލޯ ރިހި ބޭނުން ކުރެއެވެ.

އުރަކޮޅު ތައްޔާރު ކޮށްފައި އޮންނަނީ ކައުބާއަށް ފުރިހަމަ އަށް ފެތޭ ގޮތައް ސާޅީސް ހަތްގަނޑު ފޮތި ގުޅުވައިގެންނެވެ.

ގެފުޅުގެ އުރަކޮޅު ބަދަލު ކުރަނީ ކޮންމެ އަހަރަކު އެއްފަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް