ކ. މާލެ
|
24 ޖުލައި 2020 | ހުކުރު 09:44
ސައުދީ އަރައްބިއްޔާގެ ރަސްގެފާނު ސަލްމާން
ސައުދީ އަރައްބިއްޔާގެ ރަސްގެފާނު ސަލްމާން
ސައުދީ ގެޒެޓް
ސަލްމާން ރަސްގެފާނު
ސައުދީ ސަލްމާން ރަސްގެފާނުގެ ގޯލްބްލެޑަރ އޮޕަރޭޝަން ކާމިޔާބު
 
ސައުދީ ޕްރެސް އޭޖެންސީ ބުނެފައިވަނީ ހޮސްޕިޓަލުގައި ދުވަސް ކޮޅަކު ރަސްގެފާނު މަޑު ކުރައްވާނެ ކަމަށް

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބުރާސްފަތި ދުވަހު ކުރެއްވި ގޯލްބްލެޑަރ އޮފަރޭޝަން ކާމިޔާބު ކަމަށް ސައުދީ ޕްރެސް އެޖޭންސީން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ރަސްގެފާނުގެ ގޯލްބްލެޑަރ ނެގުމުގެ އޮޕަރޭޝަން ކުރީ ކިންގް ފައިސަލް ހޮސްޕިޓަލްގައެވެ. މިއީ ސައުދީގެ ވެރިރަށް ރިޔާދް ގައި ހުންނަ ސްޕެޝަލިސްޓް ހޮސްޕިޓަލެކެވެ.

ސަލްމާން ރަސްގެފާނުގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރަސްގެފާނު ފަރުވާ އަށް އަދި ދުވަސްކޮޅަކު ހޮސްޕިޓަލުގައި މަޑުކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް