ކ. މާލެ
|
23 ޖުލައި 2020 | ބުރާސްފަތި 13:18
ބްރެޒިލްގެ ރައީސް ޖައީރް ބޮލްސޮނާރޯ
ބްރެޒިލްގެ ރައީސް ޖައީރް ބޮލްސޮނާރޯ
އަލްޖަޒީރާ
ބްރެޒިލްގެ ރައީސް ޕޮޒިޓިވްވުން
ބްރެޒިލްގެ ރައީސް ތިންވަނަ ފަހަރަށް ޓެސްޓް ހެދުމުން ވެސް ކޮވިޑަށް ޕޮޒިޓިވް
 
ކޮވިޑަށް ޕޮޒިޓިވްވިކަން ފުރަތަމަ ހާމަކުރައްވާފައިވަނީ 07 ޖުލައިގައި

ބްރެޒިލްގެ ރައީސް ޖައީރް ބޮލްސޮނާރޯ ތިންވަނަ ފަހަރަށް ޓެސްޓު ކުރުމުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރައީސް ބޮލްސޮނާރޯ ހުން ގަދަވެ، ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާ ގުޅިގެން ކޮވިޑަށް ޕޮޒިޓިވްވިކަން ފުރަތަމަ ހާމަކުރައްވާފައިވަނީ 07 ޖުލައި ގައެވެ. އަދި ދެވަނަ ފަހަރަށް ހެދި ޓެސްޓްގެ ނަތީޖާ ވެސް ޕޮޒިޓިވް ވެފައިވާކަން ހާމަކުރައްވާފައިވަނީ 16 ޖުލައި ގައެވެ.

ތިން ވަނަ ފަހަރަށް ހެއްދެވި ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަން ބުރާސްފަތި ދުވަހު ހާމަކުރައްވާފައިވާއިރު ބޮލްސޮނާރޯ އަކީ ތަކުރާރުކޮށް މިއީ އާދައިގެ ރޯގާއެއްގެ ގޮތުގައި ސިފަކުރައްވާ، ވާހަކަ ދައްކަވާފައިވާ ބޭފުޅެކެވެ.

އޭޕްރީލް މަހު ބޮލްސޮނާރޯ ވިދާޅުވީ އެމަނިކުފާނަށް ކޮވިޑް-19 ޖެހުނު ކަމުގައި ވިޔަސް މާބޮޑަށް ބިރު ނުގަންނާނެ ކަމަށާއި، ކަންބޮޑު ނުވާނެ ކަމަށެވެ. މާބޮޑު ސަމާލުކަމެއް ނުދެއްވާ މޭރުމަކުން ރައީސް ބޮލްސޮނާރޯ ވަނީ އެކި ސިޓީތައް ވެސް ލޮކްޑައުން އަކަށް ދިޔަ ނަމަވެސް ހާލަތު ރަނގަޅުނުވާނެ ކަމަށާއި، ކަންކަން ފަސޭހަކޮށްލާ ދޫކޮށްލުމަށް ހިތްވަރު ދެއްވާ ގަވަރުނަރުންނާއި މަޝްވަރާ ކުރައްވާފައެވެ.

ބްރެޒިލްގައި ހަލުވިކަމާއެކު ކޮވިޑް ރޯގާ ފެތުރެމުން ދާއިރު، އެ ގައުމުގެ ގިނަ ރައްޔިތުންތަކެއް ވަނީ ބޮލްސޮނާރޯގެ ނިންމެވުންތަކަށް ފާޑު ކިޔާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް