ކ. މާލެ
|
23 ޖުލައި 2020 | ބުރާސްފަތި 10:32
ކުވެއިތުގެ އަމީރު ޝައިހް ސަބާހް އަލް-އަހްމަދު ސަބާހް
ކުވެއިތުގެ އަމީރު ޝައިހް ސަބާހް އަލް-އަހްމަދު ސަބާހް
ޓްވިޓަރ
ކުވައިތުގެ އަމީރުގެ ސިއްހީ ހާލުކޮޅު
އިތުރު ފަރުވާއަށް ކުވައިތުގެ އަމީރު، އެމެރިކާ އަށް
 
މިދިޔަ އަހަރުވެސް އެމެރިކާއިން ފަރުވާ ހޯއްދެވި

އާލަސްކަންފުޅާ އުޅުއްވާ ކުވެއިތުގެ އަމީރު ޝައިހް ސަބާހް އަލް-އަހްމަދު ސަބާހް، އިތުރު ފަރުވާ އަށް އެމެރިކާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދާދި ފަހުން އަލް ސަބާހު ވަނީ ސާޖަރީއެއް ހައްދަވާފައެވެ.

ކުވައިތުގެ ދައުލަތުގެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ، ކުވައިތުގެ އަމީރް، އެމެރިކާ އަށް ވަޑައިގަންނަވަނީ އެމަނިކުފާނުގެ ސިއްހީ ޓީމުގެ ލަފާގެ މަތިން ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް ކުވައިތުގެ އަމީރު، ވަނީ އެމެރިކާއިން ފަރުވާ ހޯއްދަވާފައެވެ.

އެމަނިކުފާނު އެމެރިކާ އަށް ވަޑައިގަންނަވާނީ ކޮން ކަހަލަ ފަރުވާއެއް ހޯއްދަވަން ކަމެއް ނުވަތަ ފަރުވާ ހޯއްދަވަނީ ކޮން ހޮސްޕިޓަލަކުން ކަމެއް މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 83 އަހަރުގެ އަލް ސަބާހްގެ އާލާސްކަންފުޅާއެކު ވަގުތީ ގޮތުން އެ މަގާމުގެ ބައެއް މަސްއޫލިއްޔަތު ޕްރިންސް ނަވާފް އަލް އަހުމަދު ގެންދަވަނީ ދަނީ ފުރުއްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް