ކ. މާލެ
|
22 ޖުލައި 2020 | ބުދަ 18:33
ދިލް ބޭޗާރާގެ ޕޯސްޓަރު
ދިލް ބޭޗާރާގެ ޕޯސްޓަރު
ޒީ ނިއުސް
ބޮލީވުޑް
ސުޝާންތްގެ ފަހު ފިލްމް "ދިލް ބޭޗާރާ" ހުކުރު ދުވަހު ރިލީޒް ކުރަނީ
 
މި ފިލްމްގެ ޓްރެއިލާ ވަނީ ރެކޯޑް މުގުރާލާފައި
 
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 7:30 ގައި

މިދިޔަ މަހު މަރުވެފައި ހުއްޓާ ފެނުނު ބޮލީވުޑްގެ ތަރި ސުޝާންތް ސިންގް ރާޖްޕުތް އެންމެ ފަހުން ކުޅުނު ފިލްމް "ދިލް ބޭޗާރާ" އަންނަ ހުކުރު ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިއްޖެއެވެ.

ސްޓްރީމިން ޕްލެޓްފޯމް ޑިޒްނީ ޕްލަސް ހޮޓްސްޓާރ އިން މި ފިލްމް ސްޓްރީމް ކުރަން ފަށާނީ މިހިނގާ ޖުލައި މަހުގެ 24 ވަނަ ދުވަހުގެރޭ އިންޑިއާ ގަޑިން 7:30 ގައެވެ.

މުކޭޝް ޗާބްރާ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ "ދިލް ބޭޗާރާ"، ފިލްމަކީ ޖޯން ގްރީންގެ ކިޔުންތެރިންގެ މެދުގައި މަގްބޫލު ވާހަކައެއް ކަމަށްވާ "ދަ ފޯލްޓް އިން އަވަރ ސްޓާރޒް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

ހެއްވާ މަޖާ އަދި ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމްގައި ސުޝާންތް އާއެކު ލީޑްރޯލުން ފެނިގެން ދާނީ ބޮލީވުޑަށް އަލަށް ތަޢާރަފުވެގެންދާ ސަންޖަނާ ސަންގީއެވެ. މީގެ އިތުރުން މި ފިލްމްގައި ސައިފް އަލީ ޚާން ފެނިގެންދާނެއެވެ.

ސުޝާންތްގެ ކުއްލި މަރާއި ގުޅިގެން ސަންޖަނާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި މި ފިލްމަކީ އެންމެންނަށް ދޭ ހަދިޔާއެއް ކަމަށް ވަނީ ބުނެފައެވެ. މި ފިލްމް އެންމެންނަށް ވެސް ހިލޭ ބަލައިލެވޭނެ ކަމަށް ވަނީ ބުނެފައެވެ.

"ދިލް ބޭޗާރާ" ގެ ޓްރެއިލާ މި ހިނގާ ޖުލައި މަހުގެ 6 ގައި ރިލިޒް ކޮށްފައިވާއިރު، ޓްރެއިލަރ ރިލީޒްކުރިތާ ދެ ގަޑިއިރުގެ ތެރޭގައި ޓްރެއިލަރއަށް ވަނީ 1.3 މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައެވެ. އަދި ދެ ގަޑިއިރު ތެރޭގައި 4 ލައްކައެއްހާ މީހުން ވަނީ މި ޓްރެއިލަރ ބަލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް