ކ. މާލެ
|
22 ޖުލައި 2020 | ބުދަ 13:42
ބަންގްލަދޭޝްގެ ގައިބަންދާ އަވަށުގެ ރައްޔިތުންތަކެއް ފެންބޮޑުވެފައިވާ މަގެއް ހުރަސްކުރަނީ
ބަންގްލަދޭޝްގެ ގައިބަންދާ އަވަށުގެ ރައްޔިތުންތަކެއް ފެންބޮޑުވެފައިވާ މަގެއް ހުރަސްކުރަނީ
ދެކުނު އޭޝިއާގެ މޫސުމީ ވިއްސާރަ
މޫސުމީ ވިއްސާރައިގައި ދެކުނު އޭޝިއާގެ 9.6 މިލިޔަން މީހުން ހާލުގައި ޖެހިއްޖެ
 
ކާންބޯން ކުރަމުން އައި މަސައްކަތް ހުއްޓި، އެތައް ބަޔަކު ފަގީރުވެދާނެ ކަމުގެ ބިރުބޮޑު
 
އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް، އެ ގައުމުގެ ތިންބައިކުޅަ އެއްބައި ފެނު އަޑީގައި
 
މިއީ ފަހުގެ ތާރީޚެއްގައި ހިނގި ފެންބޮޑުވުމުގެ އެންމެ ބޮޑު ކާރިސާ: އައިއެފްއާރްސީ

ދެކުނު އޭޝިއާގެ ބައެއް ސަރަހައްދުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ އަދަދުތައް 9.6 މިލިޔަނަށް އަރައިފި ކަމަށް ރެޑް ކްރެސެންޓުން ހާމަކޮށްފިއެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް (އައިއެފްއާރްސީ) ން ނެރުނު ބަޔާނެއްގައި ވަނީ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އިންޑިއާ، ބަންގްލަދޭޝް އަދި ނޭޕާލްގެ އެތައް މިލިޔަން ރައްޔިތުންނެއް ހާލުގައި ޖެހިފައިވާ ކަމަށެވެ.

އައިއެފްއާރްސީގެ ސެކެޓްރީ ޖެނެރަލް ޖަމަން ޗަޕަގައިން ސިފަކުރައްވާ ގޮތުގައި، މިއީ ފަހުގެ ތާރީޚެއްގައި ދިމާވި އެންމެ ގެއްލުން ބޮޑު ފެންބޮޑުވުމުގެ ކާރިސާއެވެ. އަދި މި ތިން ގައުމުގެ ރައްޔިތުން ތިބީ ފެންބޮޑުވުމާއި، ކޮވިޑް ރޯގާއާއި، އެ ރޯގާގެ ސަބަބުން ދިމާވެފައިވާ އިގުތިސާދީ އަދި އިޖުތިމާއީ ކާރިސާތަކެއްގެ ތެރޭގައި ތާށިވެފައި ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް ރޯގާގެ އެތައް ބަޔެއްގެ ވަޒީފާ ގެއްލިފައިވާ ދަނޑިވަޅެއްގައި މި ކާރީސާ ދިމާވުމުން އިތުރު މައްސަލަތަކެއް ނިކުމެދާނެކަން ޗަޕަގައިން ފާހަގަކުރެއްވިއެވެ. އެގޮތުން ދަނޑުބިންތައް ހަލާކުވެ، ކާންބޯން ކުރަމުން އައި މަސައްކަތް ހުއްޓާލަން ޖެހުމާ ގުޅިގެން އައްމަތި ދަތި އެތައް ބަޔަކު ފަގީރު ވެދާނެ ކަމުގެ ބިރުބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް އެހީތެރިވެދިނުމުގެ ގޮތުން އައިއެފްއާރްސީގެ ދަރުމަވެރިން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި، ކާބޯތަކެތި އަދި ސާފުތާހިރުވާން ގެންގުޅޭ ހައިޖީން ކިޓާއި ފެން ނަގާ ޕަމްޕުތައް ފޯރުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
100%
0%
0%
0%
ކޮމެންޓް