ކ. މާލެ
|
22 ޖުލައި 2020 | ބުދަ 13:35
ޕާކިސްތާން- އިންޑިއާގެ ދިދަ
ރޮއިޓަރސް
ޕާކިސްތާން- އިންޑިއާ
ޕާކިސްތާނު ތެރެއިން އިންޑިއާއަށް ވަންނަ މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައި!
 
މިދިޔަ މާޗް މަހު ސްރީލަންކާ ކަނޑުގެ ސިފައިން ވަނީ 400 ކިލޯގެ މަސްތުވާތަކެއްޗާއިއެކު 2 ބޯޓެއްގައި ތިބި ޕާކިސްތާނުގެ 8 މީހަކު ހައްޔަރުކޮށްފަ
 
ފަހަކަށް އައިސް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތައް އަޑީގައި ތިބެގެން ހިންގާ މަސްތުވާތަކެތީގެ ވިޔަފާރި ވަނީ ފުޅާވެފައި
 
މައްސަލަ އަނެއްކާވެސް ފެންމަތިވެފައިވަނީ އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީއިން ހިންގި އޮޕަރޭޝަނެއްގައި

ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތައް ހިންގަން ބޭނުންވާ ފައިސާ ހޯދުމަށް ބޯޑަރު ހުރަސްކޮށް މަސްތުވާތަކެތި ވިއްކާ މައްސަލަ ބޮޑުވެފައިވާކަމަށް އެގައުމުގެ ޖާސޫސީ އިދާރާތަކުން ބުނެފިއެވެ.

ބޯޑަރު ހުރަސްކޮށް ޕާކިސްތާން ތެރެއިން އިންޑިއާއަށް މަސްތުވާތަކެތި އެތެރެވާ މައްސަލަ އަނެއްކާވެސް ފެންމަތިވެފައިވަނީ އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީއިން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ސްރީނާގަރުގެ ހަންދުވަރާގެ ބެންކެއްގެ މެނޭޖަރު ހައްޔަރުކުރުމާއެކުއެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ 21 ކިލޯގެ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާކަމަށް ބެލެވޭ ފައިސާތަކާ ގުޅޭ މައްސަލައެއްގައެވެ.

ފަހަކަށް އައިސް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތައް އަޑީގައި ތިބެގެން ހިންގާ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެފައިވާކަމަށް އިންޑިއާގެ އިތުރުން މިސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގެ ޖާސޫސީ އިދާރާތަކުންވެސް ތުހުމަތުކުރެއެވެ.

އެގޮތުން ދިވެހިރާއްޖެއާއި ސްރީލަންކާގެ ކަނޑުގެ ސަރަހައްދުންވެސް މަސްތުވާތަކެތި އުފުލާކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ ބައެއް މީހުން އަތުލައިގެންފައިވެއެވެ. މިދިޔަ މާޗް މަހު ސްރީލަންކާ ކަނޑުގެ ސިފައިން ވަނީ 400 ކިލޯގެ މަސްތުވާތަކެއްޗާއިއެކު 2 ބޯޓެއްގައި ތިބި ޕާކިސްތާނުގެ 8 މީހަކު ހައްޔަރުކޮށްފައެވެ. އަދި މިދިޔަ އަހަރު 218 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ގުޖުރާތު ކައިރިންވެސް ޕާކިސްތާނުގެ ބޯޓެއް ހިފަހައްޓާފައިވެއެވެ.

އިންޑިއާގެ ޖާސޫސީ އިދާރާތަކުން ބުނާ ގޮތުގައި އަފްޣާނިސްތާނުން ބޭރު ކުރާ އޯޕިއަމް ބައިނަލްއަގްވާމީ ކަޅު ބާޒާރަށް ނެރެނީ ޕާކިސްތާނުގެ ލާހޫރާ ފައިސަލްއާބާދު ތެރެއިން ގޮސް ކަރާޗީ އާއި ގްވަދާރު ބަނދަރުތަކުންނެވެ. އަދި ބޯޑަރު ހުރަސްކޮށް އިންޑިއާއަށް އެތެރެކުރާ މަސްތުވާތަކެތި ވިއްކައިގެން ލިބޭ ފައިސާ ޚަރަދުކުރަމުން ދަނީ ލަޝްކަރޭ ތައިބާފަދަ ހަނގުރާމަވެރި ޖަމާއަތްތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް