ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 00:35
ސުޝާންތް ސިންގް ރާޖްޕުތްގެ ހަނދާނުގައި ތައްޔާރުކޮށްފައިވާ މާސްކް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ޝުޝާންތުގެ ފޭނެއްގެ ތަފާތު މަސައްކަތެއް!
 
ސުޝާންތް މަރުވެފައި ވަނީ މިދިޔަ މަހުގެ 14 ގައި
 
ސުޝާންތުގެ ފޮޓޯ އަކާއެކު ހާއްސަ މެސެޖެއް ލިޔެ ހިލޭ ވަނީ ބަހާފައި

2020 ވަނަ އަހަރަކީ ބޮލީވުޑް ފޭނުންނަށް ވަރަށް ވެސް ހިތި އަހަރެކެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތު ސިންގް ރާޖްޕުތްގެ މަރަށް މިވަނީ މަހެއްހާ ދުވަސް ފާއިތު ވެފައެވެ. ސުޝާންތުގެ އާއިލާ އާއި ރައްޓެހިންގެ އިތުރުން ފޭނުން އަދިވެސް ތިބީ ކުއްލި ޝޮކެއްގައެވެ.

އޭނާގެ ކުއްލި މަރު އާއިލާ އާއި ރައްޓެހިންނާއި ފޭނުންނަށްވެސްވީ ގަބޫލުކުރަން ދަތި ކަމަކަށެވެ.

ސުޝާންތުގެ ހަދާނުގައި އާއިލާއިންނާއި ރައްޓެހިންގެ ފަރާތުން ހަރަކާތްތައް ހިންގަމުން ދިޔަ މި ދަނޑިވަޅުަގައި ސުޝާންތުގެ ފޭނެއް މިވަނީ ގިނަބައެއްގެ ސަމާލުކަން ހޯދާފައެވެ.

އެ ޒުވާނާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިި ވަނީ ސުޝާންތުގެ ފޮޓޯ އަކާއެކު ހާއްސަ މެސެޖެއް މާސްކުގައި ޕްރިންޓްކޮށް އިންޑިއާގެ ޖޯޑްޕޫރްގައި ހިލޭ ބެހުމުގެ ތެރެއިންނެވެ. ޑެވެންދުރަ ބޮރަނާ ވަނީ އޭނާގެ ކަސްޓަމަރުންނަށް ހިލޭ މި މާސްކުތައް ބަހާފައެވެ.

މާސްކުގައި ސުޝާންތުގެ ފޮޓޯ އާއި އެކު ލިޔެފައިވާ މެސެޖްގައި "ޖިސްމުސޭ ހާރާހޫން، ރޫހު ތޯ އެކް ޕަރިންދާހެއި، ދަޅުކަން ޗަލް ރަހީހެއި އަބީ ބީ މެރޭ ތޫ އަބީބީ މެރެ ދިލް މެއި ޒިންދާހެއި" ވެއެވެ.

މުންބާއިގެ މަޝްހޫރު ފޮޓޯގްރަފަރެއް ވަނީ މި މާސްކުތައް އަޅައިގެން، އަދި ބަހަމުން ދާ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ދޫކޮއްލާފައެވެ. ސުޝާންތުގެ އެކި އެކި ފޭން ޕޭޖް ތަކުންވެސް އަންނަނީ މި ފޮޓޯތައް ހިސްސާކުރަމުންނެވެ.

ސުޝާންތު ދަންޖެހި މަރުވެފައި ހުއްޓާ ފެނިފަވަނީ ޖޫން 14ގައި އޭނާގެ ބަންޑްރާ އެޕާޓްމެންޓުގައެވެ. މަރުވި އިރު އޭނާގެ އުމުރަކީ 34 އަހަރެވެ. ސުޝާންތުގެ އެންމެ ފަހުން ސްކްރީންގައި އަޅުވާފައިވާ ފިލްމަކީ "ޗިޗޯރު" އެވެ.

މީގެ އިތުރުން ސުޝާންތުގެ އެންމެ ފަހު ފިލްމް "ދިލް ބޭޗާރާ" ގެ ޓްރެއިލަރ ވަނީ ޔޫޓިއުބް ރެކޯޑް މުގުރާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް