ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 03:22
އައިޝްވާރިޔާ އާއި އޭނާގެ ދަރިފުޅު އަރާދްޔާ
އައިޝްވާރިޔާ އާއި އޭނާގެ ދަރިފުޅު އަރާދްޔާ
ބޮލީވުޑް ހަންގާމާ
ބަޗަން އާއިލާ ކޮވިޑް-19 އަށް ޕޮޒިޓިވްވުން
އައިޝްވާރިޔާ އާއި އަރާދްޔާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
 
އިންޑިޔާއަކީ ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމު
 
އިންޑިޔާގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އެމީހުންގެ ހާލު ރަނގަޅު
 
އައިޝްވާރިޔާ އާއި އޭނާގެ ދަރިފުޅު އެޑްމިޓްކޮށްފައި ވަނީ މުމްބާއީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި

ކޮވިޑް-19 ޖެހިފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަދި މިސް ވޯރލްޑް އައިޝްވާރިޔާ ރާއީ ބަޗަން އާއި އޭނާގެ ދަރިފުޅު އަރާދްޔާ ބަޗަން އިތުރު ފަރުވާ ހޯދުމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

ޓައިމްސް އޮފް އިންޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިޝްވާރިޔާ އާއި އޭނާގެ ދަރިފުޅު އެޑްމިޓްކޮށްފައި ވަނީ މުމްބާއީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައެވެ. ވައިރަސް އަށް ޕޮޒިޓިވްވުމާއި ގުޅިގެން އައިޝްވާރީޔާ އާއި އޭނާގެ ދަރިފުޅު މީގެކުރިން ތިބީ ގޭގައި ކަރަންޓީނު ވެގެންނެވެ.

އައިޝްވާރިޔާގެ ފިރިމީހާ އަދި ބޮލީވުޑްގެ އެކްޓަރ އަބީޝޭކް ބަޗަން އާއި ބަފައިބެ، ބޮލީވުޑްގެ މެގަރ ސްޓަރ އަމީތާން ބަޗަންވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއާއެކު އެ ދެ މީހުން އަންނަނީ މުމްބާއީގެ ނަންވާތީ ހޮސްޕިޓަލުން ފަރުވާ ހޯދަމުންނެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް އާއިލާ ކަމުގައިވާ ބަޗަން އާއިލާގެ ތިން ޖީލުގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އިންޑިޔާގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އެމީހުންގެ ހާލު ރަނގަޅެވެ. އަމީތާބް އާއި އަބީޝޭކް އަދި ދެ ދުވަހެއްވަރު ހޮސްޕިޓަލްގައި ތިބޭނެކަމަށް ހޮސްޕިޓަލާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް އައިޝްވާރިޔާ އާއި ދަރިފުޅުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ހޮސްޕިޓަލުގެ ބަހެއް ނުލިބޭކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ބަޗަން އާއިލާގެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ މިދިޔަ ހަފްތާތެރޭގަ އެވެ. އަމީތާބް ވައިރަސް އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާގެ ދަރިފުޅު އަބީޝޭކް ވަނީ ފޭނުންގާތު ކަންބޮޑުނުވެ ތިބުމަށް އެދިފައެވެ.

އިންޑިޔާއަކީ މިހާރު ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރުތަރިން ހިމެނޭއިރު މަޝްހޫރު ޑްރާމާ ސީރީޒްތަކުން ފެންނަ ތަރިންވެސް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް