ކ. މާލެ
|
11 އޭޕްރިލް 2017 | އަންގާރަ 15:30
ޖެނެޓާއި ވިސާމް
ޖެނެޓާއި ވިސާމް
ގޫގުލް
ޖެނެޓް އަދި ވިސާމް
ދަރިފުޅަށް ތިން މަސްވީތަނާ ޖެނެޓާއި ވިސާމް ވަރިވެއްޖެ
 
ޖެނެޓާއި ޖެކްސަން ވަރިވިއިރު އެދެމީހުންގެ ކައިވެންޏަށް ވީ 5 އަހަރު

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ލެޖެންޑް މައިކަލް ޖެކްސަންގެ ކޮއްކޮ ޖެނެޓް ޖެކްސަން އާއި އޭނާގެ ފިރިމީހާ ވިސާމް އަލް މަނާ ވަރިވެއްޖެއެވެ.

އެ ދެމީހުން ވަރިވެފައި ވަނީ ދެމީހުންގެ ދަރިފުޅު އެއިޝާއަށް ތިންމަސް ވެފައިވަނިކޮށެވެ.

މިދެ މީހުން ވަރިވިއިރު އެދެމީހުންގެ ކައިވެންޏަށް ވީ ފަސް އަހަރެވެ. ޖެނެޓާއި ވިސާމަށް އެދެމީހުންގެ ފުރަތަމަ ދަރިފުޅު ލިބުނީ ޖެނެޓްގެ އުމުރުން 50 އަހަރުގައެވެ. އެއިޝާ ލިބުނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެދެމަފިރިން ވަރިވާން ދިމާވި ސަބަބެއް ހާމަކޮށްފައިވާއިރު ރިޕޯޓްތައް ބުނާ ގޮތުން އެދެމީހުން ވަރިވީ ދެމީހުން އެެކަކު އަނެކަކަކަށް ވަގުތު ނުދެވޭތީއެވެ.  އަދި ވިޔަފާރީގެ ކަންތައްތަކުގައި ވިސާމް ގިނަ ވަގުތު އުޅެންޖެހުމުގެ ސަބަބުން ޖެނެޓް ބޭނުންވާ ވަރަށް ވަގުތު ނުދެވޭތީ  ކަމަށް ވެއެވެ.

ޖެނެޓް ބަނޑުބޮޑު ވުމުގެ ކުރިންވެސް ވަނީ ދެމަފިރިން ވަކިވާން އުޅެފައެވެ. އެފަހަރު ވެސް ބުނެފައި ވަނީ ކައިވެންޏަށް އެކަކު އަނެއްކަކަށް ވަގުތު ނުދެވުމަކީ ސަބަބު ކަމަށެވެ. އެހެންނަމަވެސް ޖެނެޓް ބަލިވެއިންކަމުގެ ޚަބަރު ލިބުމުން ދެމީހުން އެކުގައި އުޅުމަށް އަލުން މަސައްކަތް ކުރުމަށް އަޒުމު ކަނޑައެޅި ކަމަށް ބުންޏެވެ.

ޖެނެޓް އާއި ވިސާމް އެންމެކުރިން ދިމާވީ 2010 ވަނަ އަހަރުގައެވެ. އެއީ ޖެނެޓް ދުބާއީއަށް ޓުއާއަށް ގޮސް އުޅުމުގެ ތެރޭގައެވެ. ޖެނެޓާއި ވިސާމް ކައިވެނި ކުރުމަށް ފަހު ޖެނެޓް އިސްލާމްވި ކަމަށް އަޑުތައް ފެތުރުނެވެ.

އެހެން ނަމަވެސް ޖެނެޓް އެކަމާ މެދު ކޮމެންޓް ކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް