ކ. މާލެ
|
11 އޭޕްރިލް 2017 | އަންގާރަ 14:33
ރިތިކް ރޯޝަން
ރިތިކް ރޯޝަން
ގޫގުލް
ރިތިކް ރޯޝަން
"ރުދަޔަންތާ" ރިލީޒް ކުރާ ދުވަސް ރިތިކް އިއުލާންކޮށްފި
 
މި ފިލްމު ރިލީޒް ކުރާނީ މިއަހަރުގެ ޖޫންމަހުގެ 6 ވަނަ ދުވަހުގަ

"ރުދަޔަންތާ" ރިލީޒްކުރާ ދުވަސް ރިތިކް ރޯޝަން އިއުލާންކޮށްފިއެވެ.

"ރުދަޔަންތާ" ރިލީޒްކުރާ ދުވަސް އިއުލާންކޮށްފައި ވަނީ ހޯމަދުވަހު ޓްވިޓާގައެވެ. އޭނާ ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ އޭނާގެ ރައްޓެހި ވިކްރަމް ޑައިރެކްޓް ކޮށްފައިވާ "ރުދަޔަންކާ" ގައި އޭނާއަށް އެކްޓު ކުރަން ފުރުސަތު ލިބުނީތީ އުފާކުރާ ކަމަށެވެ. މިއީ މަރާޓީ ފިލްމެކެވެ. މި ފިލްމްގައި ރިތިކް ފެނިގެންދާނީ ހާއްސަ ފެނިލުމަކުންނެވެ. މިއީ މަރާޓީ ފިލްމަކުން އޭނާ ފެނިގެންދާ ފުރަތަމަ ފަހަރެވެ.

"ރުދަޔަންތާ" ޕްރޮޑިއުސް ކޮށްފައި ވަނީ ޔަންގް ބެރީ އެންޓަޓެއިންމެންޓާއި ވިކްރަމް ފަދްނީސް އެވެ. މިއީ މަޝްހޫރު ޑިޒައިނަރު ފަދުނީސް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.

މި ފިލްމު ރިލީޒް ކުރާނީ މިއަހަރުގެ ޖޫންމަހުގެ 6 ވަނަ ދުވަހުގައެވެ.

މި ފިލްމާ ބެހޭ ގޮތުން ވިކްރަމް ނެރެފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައި ވަނީ މި ފިލްމުގެ މަސައްކަތް ކުރާތާ ތިން އަހަރު ދުވަސްވެއްޖެ ކަމަށެވެ. އަދި ސިނަމާތަކަށް މިފިލްމު އަންނާނީ ޖޫން މަހުގެ 9 ގައި ކަމަށް ވިކްރަމް ބުނެފައި ވެއެވެ. މީގެ އިތުރުން އޭނާގެ ވާހަކަ ތިއޭޓަރަށް އަންނާތީ ވަރަށް އުފަލުން ހުރިކަމަށް ވިކްރަމް ނެރެފައިވާ ސްޓޭޓްމެންޓުގައި ބުނެފައި ވެއެވެ.
"ޔުދަޔަންތާ" އަކީ ދެމަފިރިއެއްގެ ދެމެދުގައި ހިނގާ "އިމޯޝަނަލް" ކަންތައްތައް ފެނިގެންދާ ފިލްމެކެވެ. މި ފިލްމުގައި ލީޑް ރޯލުން ފެނިގެންދަނީ މުކްތާ ބާރްވޭ އާއި ސުބޯދު ބާވޭ އަދި ޕަންޖާބީ އެކްޓްރެސް ސޯނިއާ މަންއެވެ.

މި ފިލްމުގެ ކޮރިއޮގްރަފާއަކީ މަޝްހޫރު ޕްރޮޑިއުސަރ ފަރަހަ ޚާންއެވެ. ފަރަހަ މި ފިލްމުގެ ކޮރިއޮގްރާފް ކޮށްފައި ވަނީ ހިލޭ ކަމަށް ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް