ކ. މާލެ
|
16 ޖުލައި 2020 | ބުރާސްފަތި 01:03
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް
ރާއްޖެއެމްވީ
އަދީބުގެ މައްޗަށް ކުރެވޭ ޙިޔާނާތުގެ ދައުވާ
އަދީބުގެ ޤާނޫނީ ވަކީލަކަށް މިހާރުގެ ޕީޖީ އުޅުއްވި ކަމަށް ދެކެވޭ ވާހަކަ: ކަން ހިނގާ ދިޔައީ ކިހިނެއް؟
 
ބޮޑު ޙިޔާނާތުގެ މައްސަލަ ފެށި ތަހުޤީޤު ކުރެވުނުއިރު ޝަމީމް ހުންނެވީ ސަސްޕެންޝަންގައި
 
ރިޔާސީ ލޯންޗު މައްސަލައިގައި އަދީބަށް ޙުކުމް ކުރިއިރުވެސް ޝަމީމް ހުންނެވީ ސަސްޕެންޝަންގައި
 
ޝަމީމަކީ މިފަހުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރި ވަކީލު

އެމްއެމްޕީއާރްސީ ޙިޔާނާތުގެ މައްސަލައަކީ މިފަހުން ހިނގި އެފަދަ އެންމެ ބޮޑު ޖަރީމާ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. މި މައްސަލައިގައި ގިނަ ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭއިރު، އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅިގެން ކުރީގެ ނައިބް ރައީސް އަޙުމަދު އަދީބުގެ މައްޗަށް އުފުލިފައިވާ ޙިޔާނާތުގެ ދައުވާތައް ކްރިމިނަލް ކޯޓުން ދާދި ފަހުން މިވަނީ ބާތިލުކޮށްފައެވެ. އަދި އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އިސްތިއުނާފް ކުރުމާއެކު، އަދީބުގެ ޤާނޫނީ ވަކީލަކަށް މިހާރުގެ ޕީޖީ ހުސައިން ޝަމީމް އުޅުއްވާފައިވާކަމާއި، އެކަމާ ގުޅިގެން މަސްލަޙަތު ފުށުއަރާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އަދީބަށް ވަކާލާތު ކޮށްދިނީ ފިނިފެންމާ ލޯންޗު މައްސަލައިގައި, ދައުވާވެސް ތަފާތު!

ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއަށް 5 އަހަރުވާން މިވަނީ ގާތްވެފައެވެ. އެގޮތުން ލޯންޗު ގޮއްވާލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެ ކަނބަލުން ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށްފަހު ސައުދީ އަރަބިއްޔާއިން އެނބުރި ވަޑައިގެން މާލޭގެ އިއްޒުއްދީން ފާލަމާ ކައިރިކުރަނިކޮށް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އޭރު އަހުމަދު އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، މައްސަލަ ކުރިއަށް ގެންދިޔައިރު، އޭރު އަދީބުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ޕީޖީ ޝަމީމް މަސައްކަތް ކުރެއްވިއެވެ.

އޭރު ޝަމީމަކީ އަމިއްލަ ގޮތުން މަސައްކަތް ކުރެއްވި ޤާނޫނީ ވަކީލަކަށްވުމާއެކު، ޝަމީމް ވަނީ އެފަދަ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކޮށްދެއްވާފައެވެ. އެހެން ނަމަވެސް، މިހާރު އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާއި، ދައުވާވެސް މުޅިން ތަފާތެވެ. އެގޮތުން ބޮޑު ޙިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް 150 ދައުވާއެއް އުފުލައި 800 އަހަރުގެ ޖަލު ޙުކުމެއް އަންނަވަރަށް ލިއެކިއުންތައް ހުރިކަމަށް ޕީޖީ ޝަމީމް ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، ރިޔާސީ ލޯންޗުކޮޅުގެ މައްސަލައިގައި ޕީޖީ ޝަމީމް ވަކާލާތު ކޮށްދެއްވާފައިވަނީވެސް 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް އެއަށް ފަހުވެސް މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގޮސް، މައްސަލައިގައި އަދީބުގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް، އޭރު ޕީޖީ ޝަމީމް ހުންނެވީ ވަކީލު ކަމުން ސަސްޕެންޑް ކުރައްވާފައެވެ.

ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ހައިކޯޓުން މިހާރު ވަނީ ބާތިލުވެސް ކޮށްފައެވެ. އެއާއެކު އެ މައްސަލައަކީ މިހާރު ޕީޖީ އޮފީހުގައި ކުރިއަށްދާ މައްސަލައެއްވެސް ނޫނެވެ.

ބޮޑު ހިޔާނާތުގެ މައްސަލަ ތަހުޤީޤު ކުރިއިރުވެސް ހުންނެވީ ސަސްޕެންޝަންގައި

ބޮޑު ޙިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ތުހުމަތު ކުރެވި، އެ މައްސަލަ ކުރިއަށް ގެންދިޔައިރުވެސް ޕީޖީ ޝަމީމް ހުންނެވީ ސަސްޕެންޝަންގައެވެ.

ޝަމީމަކީ މިފަހުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރި ވަކީލެވެ. އެގޮތުން މިހާތަނަށް ދެ ފަހަރެއްގެ މަތިން ސަސްޕެންޑް ކޮށްފައިވާއިރު، އެންމެ ފުރަތަމަ ފަހަރު ސަސްޕެންޑްކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އޭރު އެމްއެމްޕީއާރްސީ ޙިޔާނާތުގެ މައްސަލައިގައި އަދީބުގެ ބަޔާންވެސް އޮތީ ނަގާފައެވެ. އެގޮތުން އެމްއެމްޕީއާރްސީ މައްސަލައިގައި އެންމެ ފުރަތަމަ އަދީބުގެ ބަޔާން ނަގާފައިވަނީ 17 ނޮވެމްބަރު 2015 ގައެވެ.

އޭގެފަހުން ސަސްޕެންޝަން އުވާލައި ހުއްދަ ދިނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

އެއަށްފަހު 2018 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ވެސް ޝަމީމް ސަސްޕެންޑް ކުރިއިރު، އަނބުރާ ހުއްދަ ދީފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ޝަމީމް ސަސްޕެންޑް ކޮށްފައިވާއިރު، އޭރު ސަސްޕެންޝަން އުވާލައިފައިވާ ކަމަށް ޝަމީމަށް އަންގަވާފައި ވަނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ސަސްޕެންޝަންގެ މުއްދަތުގައި ޝަމީމްއަށް މައްސަލަތަކުގައި ކޯޓަށްވެސް އަދި ދޫނިދޫއަށްވެސް ދިއުމުގެ ހުއްދައެއް ނޯވެއެވެ. އަދި ޤާނޫނީ މަސައްކަތް ކުރުމުގެ ހުއްދައެއްވެސް ނޯވެއެވެ. ވުމާއެކު އަދީބުގެ މައްޗަށް ކުރެވޭ ޙިޔާނާތުގެ ދައުވާތަކާއި ތުހުމަތުތަކާ ގުޅިގެން އެއްވެސް ވަރަކަށް އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ޕީޖީ ޝަމީމްއަށް ލިބިވަޑައިގަންނަވާފައެއް ނުވެއެވެ.

ވުމާއެކު، އަދީބުގެ މައްޗަށް ކުރެވިފައިވާ ޙިޔާނާތުގެ ދައުވާތައް ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށް އެ މައްސަލަ ކުރިއަށް ގެންދިއުމަކީ "ކޮންފްލިކްޓް އޮފް އިންޓްރެސްޓް" އުފެދޭނެ ކަމެކޭ ބުނެވޭނެ ޖާގައެއް ނެތް ކަމަށް ޤާނޫނީ ފަންނުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
20%
20%
13%
7%
27%
13%
ކޮމެންޓް
17 ޖުލައި 2020 | ހުކުރު 00:07
މާމާ
ހަމަ އެތަންވަޅު މަށްކާގެ ހަރަމްފުޅުގެމަސަށްކުރިއެއްޗެހިވެސް ބިންދާއިގެންދިޔަ އޭވެސް އަދީބު ދޯ😄
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ