ކ. މާލެ
|
14 ޖުލައި 2020 | އަންގާރަ 17:35
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ބޭރަށް ވަޑައިގަންނަވަނީ (ފައިލް ފޮޓޯ): އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދޭނެކަމަށް ޕީޖީ ވަނީ ވިދާޅުވެފައި
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ބޭރަށް ވަޑައިގަންނަވަނީ (ފައިލް ފޮޓޯ): އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދޭނެކަމަށް ޕީޖީ ވަނީ ވިދާޅުވެފައި
ޓްވިޓަރ
އަދީބު ފުރުން މަނާކުރުން
އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރަކަށް އެދެނީ
 
އަދީބަކީ ފިލުމުގެ ކުށުގެ ރެކޯޑް އޮތް ބޭފުޅެއް
 
މިރޭ ކޯޓަށް ހުށަހެޅުއްވޭވަރު ވާނެ

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ދައުވާ ކުރި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލް ކުރުމުން އަދީބު މިނިވަންވެފައިވާތީ، އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިވަޑައިގަންނަވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި، ހަތް ދައުވާ ބާތިލްކުރި މައްސަލައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޖީ ޝަމީމު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އަދި ވަރަށް އަވަހަށް އެ މައްސަލަ ހައި ކޯޓަށް ހުށަހެޅޭނެ ކަމަށާއި، ލިޔެކިޔުންތައް ތައްޔާރު ކުރެވުނުހާ އަވަހަކަށް ހައި ކޯޓަށް މައްސަލަ ހުށައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ހައިކޯޓުގައި މި މައްސަލަތައް އިސްތިއުނާފް ކުރަން ނިންމާފައިވާތީ، އަދީބު، ރާއްޖެއިން ބޭރަށް ފުރުން މަނާ ކުރުމަށްޓަކައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުުމުގެ އަމުރެއް ހޯދުމަށް ބޭނުންވާ ލިޔެކިޔުންތަކާއެކު، އަންގާރަ ދުވަހުގެރޭ ކްރިމިނަލް ކޯޓަށް ހުށައެޅޭ ވަރު ވާނެ ކަަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އަދީބަކީ ފިލުމުގެ ރެކޯޑް އޮންނެ ބޭފުޅަކަށް ވާތީ، އެ އަމުރު ނެރެއްދެއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރި މައިގަނޑު ސަބަބަކީ، ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުން ހަދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ. އިއުތިރާފުގެ އެއްބަސްވުމާ ނުލާވެސް، ދައުވާ ސާބިތުވާ މިންވަރަށް ހެކި ހުށައަޅާފައިވާނެ ކަމަށް ދައުލަތުގެ ވަކީލާ ކްރިމިނަލް ކޯޓުގައި ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
25%
0%
0%
0%
0%
75%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު