ކ. މާލެ
|
14 ޖުލައި 2020 | އަންގާރަ 10:49
ސްޕޯޓްސް ކައުންސިލުގެ ރައީސް އިބްރާހިމް އިސްމާއިލް
ސްޕޯޓްސް ކައުންސިލުގެ ރައީސް އިބްރާހިމް އިސްމާއިލް
މިހާރު
އިބްރާހީމް އިސްމާއިލް ޕޮޒިޓިވްވުން
އިބްރާހިމް އިސްމާއިލް ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެ
 
އާއިލާގެ މެންބަރުން އަންގާރަ ދުވަހު ޓެސްޓް ކުރުމަށް ވަނީ ނިންމާފައި
 
ކޮވިޑް-19ށް ޕްޒިޓިވްވީ ސީދާ ކޮންތާކުންކަން އިނގި ނުލައްވާ ކަމަށް ވިދާޅުވި
 
އިބްރާހިމް އިސްމާއިލް އަކީ ދިވެހި ކުޅިވަރަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝަޚުސިއްޔަތެއް

ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހީމް އިސްމާއިލް ކޮވިޑް-19ށް ޕޮޒެޓިވް ވެއްޖެއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަންވެސް މީގެ ކުރިން ކުރައްވާފައިވާ އިބްރާހީމް އިސްމާއިލް ސްޕޯޓްސް ކައުންސިލްގެ ރައީސްކަން މީގެ ކުރިންވެސް ކުރައްވާފައިވާއިރު، މި ސަރުކާރުން އަލުން އެ ކައުންސިލް އެކުލަވާލާއި ކައުންސިލްގެ ރައީސް ކަމަށް އިބްރާހީމް އިސްމާއިލް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.

އުމުރުން މިހާރު 70 އަހަރު ވެފައިވާ އިބްރާހީމް އިސްމާއިލް އަކީ ދިވެހި ކުޅިވަރަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ދިވެހި ކުޅިވަރު ފަޚުރުވެރިވާ ފަދަ ޝަޚުސިއްޔަތެކެވެ.

ހޯމަ ދުވަހުގެރޭގެ ވަގުތެއްގައި ހުޅުމާލެ ކަރަންޓީން ފެސިލިޓީއަށް އިބްރާހީމް އިސްމާއިލް ގެންދިޔަ ނަމަވެސް، ހާލު ރަނގަޅު ކަމަށާއި ކޮވިޑް-19 ޖެހިވަޑައިގެންކަން އިނގިލެއްވީ ހުން އައުމުން ޑޮކްޓަރަށް ދެއްކުމާއެކު، ވައިރަހަށް ޓެސްޓް ކުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިބްރާހީމް އިސްމާއިލް ކޮވިޑް-19ށް ޕޮޒެޓިވް ވުމާއެކު، އެ އާއިލާގެ މެންބަރުން އަންގާރަ ދުވަހު ވައިރަހަށް ޓެސްޓް ކުރުމަށް ވަނީ ނިންމާފައެވެ.

އިބްރާހީމް އިސްމާއިލް ވިދާޅުވީ ކޮވިޑް-19ށް ޕްޒިޓިވްވީ ސީދާ ކޮންތާކުންކަން އިނގި ނުލައްވާ ކަމަށާއި، މި ދުވަސްވަރުގެ ގޮތުން ބޭރަށް ނިކުމެ ނޫޅުއްވާ ކަމަށެވެ. އެހެން ނަމަވެސް މި މަހުގެ ހަތްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އޮތް ބައްދަލުވުމަކަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް އާއެކު ވަޑައިގެންނެވި ކަމަށް އިބްރާހީމް އިސްމާއިލް ވިދާޅުވިއެވެ.

ކުޅިވަރުގެ ވަރަށް ގިނަ މަގާމުތައް އިބްރާހީމް އިސްމާއިލް ފުރުއްވާފައިވާއިރު، އޭގެ ތެރޭގައި އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމާއި، ނައިބު ރައީސް ކަމާއި، ޖެނެރަލް ސެކްރެޓަރީ ކަމާއި، ފުޓްބޯލް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ކަމާއި، ރެފުރީސް ކޮމިޓީގެ ޗެއާމަން ކަމާއި، ކްރިކެޓް ބޯޑުގެ ނައިބު ރައީސް ކަމާއި، ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް ކަން ހިމެނެއެވެ.

އިބްރާހިމް އިސްމާއިލް ދިވެހި ކުޅިވަރަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އެވޯޑާއި ޝަރަފުވެރިކަމުގެ އެވޯޑުވެސް އިބްރާހީމް އިސްމާއީލަށް އަރުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
9%
0%
88%
3%
0%
0%
ކޮމެންޓް