ކ. މާލެ
|
14 ޖުލައި 2020 | އަންގާރަ 00:30
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު
ހެލްތު މިނިސްޓްރީ
ޕޮޒިޓިވް ކޭސްތައް އިތުރުވާ ސަބަބު
ކޭސްތައް އިތުރުވަނީ ހަފްލާތަކާއި އެއްވުންތައް ބާއްވާތީވެ: އެޗްޕީއޭ
 
ޑޮކްޓަރުންގެ ޓީމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
 
ގިނައިން ޕޮޒިޓިވް ވަނީ ދިވެހިން
 
ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަނީ އިތުރުވަމުން

މި ފަހަކަށް އައިސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވަނީ ގިނަ މީހުން އެއްވެގެން ބާއްވާ އެއްވުންތަކާއި ހަފްލާތަކުގެ ސަބަބުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހޯމަ ދުވަހުގެރޭ އެޗްޕީއޭއިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ މީހުންގެ ކޮންޓެކްޓުންގެ އަދަދު ކުރިޔާ އަޅައި ބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ސަބަބެއް ކަމަށް އެޗްޕީއޭއިން ބުނީ، ލޮކްޑައުން އަށް ދިން ލުއި ދިނުމާއި ގުޅިގެން ބައެއް ފަރާތްތަކުން ގިނަ މީހުން އެއްވާ ގޮތަށް ހަފްލާތަކާއި، ޕާޓީތަކާއި ޖަލްސާތަކާއި އަދި އެހެނިހެން އެއްވުންތައް ބާއްވަމުންދާތީ ކަމަށެވެ.

އެހެން ކަމުން ލޮކްޑައުން އަށް ލުއިދިނުމަށް އެޗްޕީއޭއިން އާއްމު ކޮށްފައިވާ ގައިޑްލައިންތަކަށް އަމަލުކުރަން އެ އެޖެންސީން ވަނީ ބާރު އަޅާފައެވެ. އެ ގައިޑްލައިން އަށް ރިޔާއަތްކޮށް އެޗްޕީއޭއިން ބުނީ، މިހާރު މިއޮތް ހާލަތުގައި 30ށް ވުރެ ގިނަ މީހުން ތަންތަނަށް އެއް ނުވުމަށް އިލްތިމާސްކޮށްފައެވެ.

އޭގެއިތުރުން ކޮންމެހެން މީހުން ހާޒިރުވެގެން ބާއްވަން ޖެހޭ ބައްދަލުވުންތައް ފިޔަވައި، އޮފީސް މަސައްކަތާގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށާއި، 30 މީހުންނަށް ވުރެ މަދުން މީހުން ބައިވެރިވާ ބައްދަލުވުންތައް ވެސް ކޮންމެހެން ބާއްވަންޖެހޭ ހާލަތުގައި މެނުވީ ނުބޭއްވުމަށް ބާރު އަޅާފައިވެއެވެ.

ލޮކްޑައުން އަށް ދިން ލުއިތަކާއި އެކު ޕޮޒިޓިވް ކޭސްތަކުގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެންމެ ކުރީކޮޅުގައި ޕޮޒިޓިވްވި ގިނަ މީހުންނަކީ ބިދޭސީންނެވެ. އެކަމަކު މި ފަހަކަށް އައިސް ޕޮޒިޓިވްވާ ގިނަ މީހުންނަކީ ދިވެހިންނެވެ. ބޭރުތެރެއަށް މީހުން ނިކުމެ އުޅޭއިރުވެސް ގައިދުރުކަމަށް ސަމާލުކަން ނުދީ މާސްކު ނާޅާ މީހުންގެ އަދަދު އިތުރުވަމުން ދާތީވެ ޑޮކްޓަރުންގެ ޓީމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
20%
40%
20%
0%
20%
ކޮމެންޓް
ގުޅުންހުރި
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ