ބުދަ 12 އޯގަސްޓު 2020
02 މާ
1441 ޒުލްޙައްޖު 22
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:35
ސާޖް އޯރިއޭގެ ކޮއްކޮ މަރާލުން

ޓޮޓެންހަމްގެ ޑިފެންޑަރު ސާޖް އޯރިއޭގެ ކޮއްކޮ މަރާލައިފި

  • ކްރިސްޓޮފާ މަރާލާފައިވަނީ ޓުލޫސް ސިޓީގެ ނައިޓް ކްލަބެއްގެ ބޭރުގައި

ކ. މާލެ | 13 ޖުލައި 2020 | ހޯމަ 19:12 | 17,484

ޓޮޓެންހަމް ހޮޓްސްޕާގެ ޑިފެންޑަރު ސާޖް އޯރިއޭ: ފްރާންސްގެ ޓުލޫސްގައި އޯރިއޭގެ ކޮއްކޮ ވަނީ މަރާލާފައި - ގެޓީ އިމޭޖާސް

ޓޮޓެންހަމް ހޮޓްސްޕާގެ ފަހަތަށް ކުޅެމުން އަންނަ ސާޖް އޯރިއޭގެ ކޮއްކޮއަށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.

ސާޖް އޯރިއޭގެ ކޮއްކޮ ކްރިސްޓޮފާ އޯރިއޭ މަރާލާފައިވަނީ ފްރާންސްގެ ސިޓީއެއް ކަމުގައިވާ ޓުލޫސްގައި ހުރި ނައިޓް ކްލަބުގެ ބޭރުގައި ހިނގި ހަމަނުޖެހުމެއްގައި ބަޑިން ހަމަލާ ދިނުމަށްފަހުއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އޭނާއަށް ހަމަލާދިން މީހާ ވަނީ ފިލާފައެވެ.

ޓޮޓެންހެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ކްލަބާއި ކްލަބުގެ ކުޅުންތެރިން ތިބީ ސާޖް އޯރިއޭ އާއި އެކުގައި ކަމަށާއި އަދި އޯރިއޭ ބޭނުންވާ ވަގުތު އޭނާއަށް ދިނުމަށް ކްލަބުން ނިންމާފައިވާ ކަމަށެވެ.

ސާޖް އޯރިއޭގެ ކޮއްކޮ ކްރިސްޓޮފާ އަކީ ފްރާންސްގެ ފަސްވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އާރުސީ ލެންސްއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. މީގެ އިތުރުން ކްރިސްޓޮފާ ވަނީ އައިވަރީ ކޯސްޓްގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: އިސްމާޢީލް ޝާހް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.