ބުދަ 12 އޯގަސްޓު 2020
02 މާ
1441 ޒުލްޙައްޖު 22
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:35
ބިދޭސީން ކުރަމުންދާ އިހުތިޖާޖުތައް

ބިދޭސީން ކުރަމުންދާ އިހުތިޖާޖުތައް ކޮންޓްރޯލް ނުކުރެވޭނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ

  • އިތުރު ސައިޓުތަކުގައި މުޒާހަރާކުރަން ފެށުމުން ކޮންޓްރޯލް ނުކުރެވިދާނެ: ފުލުހުން

ކ. މާލެ | 13 ޖުލައި 2020 | ހޯމަ 13:42 | 14,059

ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު - ރާއްޖެއެމްވީ

ބިދޭސީން ކުރަމުންދާ އިހުތިޖާޖުތައް ކޮންޓްރޯލް ނުކުރެވޭނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ފަރާތުން ހިންގަމުންދާ ތަފާތު ހަމަނުޖެހުންތަކާއި ގުޅޭގޮތުން ހޯމަ ދުވަހު ބޭއްވި ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ ބައްދަލުވުމުގައެވެ.

ބިދޭސީން ކުރަމުންދާ މުޒާހަރާތައް އިތުރުވެ، ދިގުލައިގެންދާނަމަ ގައުމީ ސަލާމަތަށް ހުރީ ކިހާ ބޮޑު ނުރައްކަލެއްތޯ ކޮމެޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސުވާލުކުރެއްވުމުން ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސައްހަ ލިޔެކިއުމެއްނެތް ވަރަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާކަން ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ މިހާރު ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން އިތުރު ބިދޭސީން މިފަދަ މުޒާހަރާތަކުގައި ބައިވެރިވެ، އިތުރު ސައިޓުތަކުގައި މުޒާހަރާކުރަން ފެށުމުން ކޮންޓްރޯލް ނުކުރެވިދާނެ ކަމަށެވެ. އަދި މިފަދަ އިހުތިޖާޖުތައް ކޮންޓްރޯލް ނުކުރެވުމަކީ އޮތް ނުރައްކަލެއް ކަމަށް ބަޝީރު ވިދާޅުވިއެވެ.

މީގެ ތެރެއިން އަޅުގަނޑުމެންނަށް ދިމާވެދާނެ ކަމަށް މިބަލަނީ މި މީހުން މިދައްކާ މަންޒަރުތަކުން އިތުރު މިއަށް ގުޅި، އަދި އިތުރު ސައިޓުތަކުގައި މި މަސައްކަތް ހިނގާ، އަޅުގަނޑުމެންނަށް ކޮންޓްރޯލް ކުރަން ދަތިވވެގެން ދިޔުން. އެއީ އަޅުގަނޑު ދެކޭގޮތުގައި އޮތް ނުރައްކަލަކީ

~ ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު

ހޯމަ ދުވަހު ހުޅުމާލޭގައި ކުރެވުނު މުޒާހަރާގައި ފުލުހުންނާއި ފުލުހުންގެ އުޅަނދުތަކަށާއި އަދި ސައިޓުގައި ހުރި އިކުއިޕްމެންޓަށް ގެއްލުންދީފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި މި ފަދަ އިހުތިޖާޖުތައް ބޮޑުވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.