ކ. މާލެ
|
12 ޖުލައި 2020 | އާދީއްތަ 13:38
އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު
އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު
ފޭސްބުކް
ޝިމާ ގެއްލުނު މައްސަލަ
ޝިމާ ދަތުރުކުރި ކަމަށް ބެލެވޭ ޑިންގީއެއް ފެނިއްޖެ
 
ފުލުހުން ދަނީ އެ ސަރަހައްދު ބަލަމުން
 
ފޮނަދޫ ކައިރިން ބޭރުން، ފަރަކަށް ފީނަން ގޮސް އުޅުނު ބަޔަކަށް ޑިންގީއެއް ފެނިގެން ރިޕޯޓު ކޮށްފައިވޭ
 
ޝިމާ ގެއްލިފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު

ލ. ކައްދޫއިން މާމެންދުއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ދަތުރުކުރި ކަމަށް ބެލެވޭ ޑިންގީއެއް ފެނިއްޖެއެވެ.

އުމުރުން 19 އަހަރުގެ ޝިމާ ގެއްލިފައި ވަނީ 2019 އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. ޝިމާ ހޯދުމަށް ކުރި މަސައްކަތުގައި ޝިމާގެ އިތުރުން ޑިންގީ ވެސް މިހާތަނަށް ފެނިފައެއްނުވެއެވެ.

ހޮނިހިރު ދުވަހު ފޮނަދޫ ކައިރިން ބޭރުން، ފަރަކަށް ފީނަން ގޮސް އުޅުނު ބަޔަކަށް ޑިންގީއެއް ފެނިގެން ފުލުހުންނަށް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި އެއީ ޝިމާ ދަތުރުކުރި ކަމަށް ބެލެވޭ ޑިންގީ ކަމަށް އެމީހުން ބުނެފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ލ. އަތޮޅުގެ ސަރަހައްދަކުން ކަނޑު އަޑިން ޑިންގީއެއް ފެނުނު ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ބަލާ ފާސްކުރުމުގެ އޮޕްރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

ޝިމާ ގެއްލުނީ ލ. ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދުއަށް ޑިންގީ އެއްގައި ދަތުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް ޝިމާއާ އެކުގައި ޑިންގީގައި ދަތުރުކުރި ފަޒީލް ބުނެފައި ވެއެވެ. އޭގެ އިތުރުން، ޝިމާ ގެއްލުނު ހާދިސާއަށް ފަހު، އޭނާގެ ކޮއްކޮ ގޮވައިގެން މޫނު ނިވާކޮށް ޑިންގީއެއްގައި ފިލަން އުޅެނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި ފަޒީލްވެސް ހިމެނޭއިރު، އެ މައްސަލަ ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. އަދި މި ދެ މައްސަލައިގައި ގުޅުމެއް އޮތް ކަމަށް މިހާތަނަށް ކުރި ތަހުގީގުން ނުފެންނަ ކަމަށް ވެސް ފައިރޫޝް ވިދާޅުވިއެވެ.

ޝިމާ ގެއްލުނު ހާދިސާއާ ގުޅިގެން އޭޕްރީލް މަހު ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 17 ރަށެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން 46 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށާއި، ވައިގެ މަގުން 10 މޭލުގެ ރޭޑިއަސްއެއް ކަނޑައަޅައި ބަލާފައިވާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ކަނޑުގެ މަގުންވެސް 1900 އަކަ ކިލޯ މީޓަރުގެ ސަރަހއްދެއް ބަލާފައިވާއިރު، މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުގެ ކުރިން ފުލުހުން އަދިވެސް ތަހުގީގުކޮށް ކަށަވަރުކުރަން ބޭނުންވާ ކަންކަން ހުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
8%
15%
23%
54%
0%
ކޮމެންޓް