ކ. މާލެ
|
12 ޖުލައި 2020 | އާދީއްތަ 08:41
ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ އާއި އަނބިކަނބަލުން މިޝަލް ބޮލްސޮނާރޯ
ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ އާއި އަނބިކަނބަލުން މިޝަލް ބޮލްސޮނާރޯ
އޭބީސީ ނިއުސް
ބްރެޒިލްގެ ރައީސް ކޮވިޑް-19ށް ޕޮޒިޓިވްވުން
ބްރެޒިލްގެ ރައީސް ބޮލްސޮނާރޯގެ އަނބިކަނބަލުންނާއި، ދެ ދަރިކަނބަލުން ކޮވިޑް-19ށް ނެގެޓިވް
 
ބްރެޒިލް އަކީ ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހި އަދި މަރުވަމުން އަންނަ ގައުމު
 
ބޮލްސޮނާރޯ ވަނީ ކޮވިޑް-19އަކީ "އާދައިގެ ރޯނގާ"އެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރައްވާފައި
 
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކޮވިޑް-19 އަށް ބޮލްސޮނާރޯ ވަނީ ޕޮޒިޓިވްވެފައި

ޖުލައި މަހުގެ 7 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯގެ އަނބިކަނބަލުން މިޝަލް ބޮލްސޮނާރޯ އާއި ދެ ދަރިކަނބަލުން ވައިރަސް އަށް ނެގެޓިވްވެފައިވާ ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކޮވިޑް-19 އަށް ބޮލްސޮނާރޯ ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީނުވެފައެވެ. އަދި ވައިރަސް އިން ރަނގަޅުވުމަށް ބޭނުން ކުރައްވަމުން ގެންދަވަނީ ހައިޑްރޮކްސިކްލޮރޮކުއިން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ބޮލްސޮނާރޯ އަކީ ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާކުރުމުގައި ހައިޑްރޮކްސިކްލޮރޮކުއިން ނުވަތަ އެންޓި މެލޭރިޔާ ޑްރަގް ބޭނުންކުރުމަށް އެންމެ ބޮޑަށް ބާރު އަޅުއްވަމުން ގެންދަވާ އެއް ލީޑަރެވެ. ނަމަވެސް ސިއްހީ މާހިރުން އަންނަނީ މި ބޭހުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުކަމުން އެ ބޭސް ބޭނުން ނުކުރުމަށް ތަކުރާރުކޮށް އިރުޝާދު ދެއްވަމުންނެވެ.

ބޮލްސޮނާރޯ ވަނީ ކޮވިޑް-19އަކީ "އާދައިގެ ރޯނގާ"އެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރައްވާ، އޭނާއަށް ބަލި ޖެހުނު ނަމަވެސް މާ ބޮޑު ކަމެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ލޮކްޑައުން ކުރުމުން ގައުމުގެ އިގުތިސާދަށް ގެއްލުންވާ ކަމަށް ވިދާޅުވެ، ފުރަބަންދުގެ ހާލަތު އުވާލުމަށް ސަރަހައްދީ ގަވަރުނަރުންނަށް ހިތްވަރު ދެއްވާފައިވެއެވެ.

މީގެ އިތުރުން ބްރެޒިލްގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދަނިކޮށް، ބޮލްސޮނާރޯ ވަނީ މާސްކު އެޅުމާއި ގައިދުރު ކުރުމުގެ ގަވާއިދުތަކަަށް އަމަލު ނުކުރައްވާ ބޮޑެތި އެއްވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

ބްރެޒިލް އަކީ ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހި އަދި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގައުމުގައި 1.8 މިލިއަން މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި ވައިރަސް ޖެހިގެން 70،000ށް ވުރެ ގިނަ މީހުން މިހާތަނަށް އައިއިރު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
50%
0%
0%
0%
0%
50%
ކޮމެންޓް