ކ. މާލެ
|
12 ޖުލައި 2020 | އާދީއްތަ 03:03
ޗައިނާގައި މަސައްކަތްކުރާ ބަޔަކު މާސްކު އަޅައިގެން
ޗައިނާގައި މަސައްކަތްކުރާ ބަޔަކު މާސްކު އަޅައިގެން
ރޮއިޓަރސް
ކޮވިޑް-19 ޗައިނާގެ ހާލަތު
ބެއިޖިންގ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްނުވާތާ ފަސް ވަނަ ދުވަސް
 
ބެއިޖިންގ ގެ މުޅި އާބާދީ ވަނީ ވައިރަސް އަށް ޓެސްޓް ކޮށްފައި
 
ބެއިޖިންގ އިން އަލަށް ކޭސްތަކެއް ފެންނަން ފެށީ ޖޫން މަހުގެ 11 ވަނަ ދުވަހު

ޗައިނާގެ މައި ސިޓީ ބެއިޖިންގ އިން އަލަށް މީހަކަށް ކޮވިޑް-19 ޖެހިގެން ރިޕޯޓް ނުކުރާތާ ޖެހިޖެހިގެން ފަސް ދުވަސް ވެފައިވާކަމަށް އެސްޓޭޓުން ބުނެފި އެވެ.

މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު ބެއިޖިންގ ގެ ޒިންފަޑި މަރކޭޓުން ވައިރަސް ޖެހިފައިވާ މީހުން ފެންނަން ފެށުމާއެކު ބެއިޖިންގ ގެ މުޅި އާބާދީ ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފަ އެވެ. އަދި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ވަރުގަދަކުރި އެވެ. އޭގެފަހުން މިހާރު މިވަނީ ބެއިޖިންގ އިން ކޭސްތައް ފެންނަ މިންވަރު ކޮންޓްރޯލްކޮށްފަ އެވެ.

ޗައިނާގެ ހެލްތު އޮތޯރިޓީން ބުނީ ހޮނިހިރު ދުވަހު އެގައުމުން އަލަށް ވައިރަސް ޖެހިފައިވަނީ ދެ މީހުންނަށް ކަމަށެވެ. މިދެ މީހުންނަކީވެސް އެގައުމަށް އެތެރެވި މީހުންކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެ އެވެ.

ޗައިނާއިން ހޮނިހިރު ދުވަހު ވަނީ ވައިރަސް ހަށިގަނޑުގައި ހުރި ކަމުގެ ނިޝާނެއް ނުފެނި ތިން މީހަކު ވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ. ވައިރަސް ޖެހިގެން ހޮނިހިރު ދުވަހު މީހަކު ޗައިނާގައި މަރުވެފައެއްނުވެ އެވެ.

ޗައިނާގައި މިހާތަނަށް އައިއިރު 83،587 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. އަދި 4634 މީހުން ވަނީ ވައިރަސް ޖެހިގެން މިހާތަނަށް އައިއިރު މަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް