ކ. މާލެ
|
12 ޖުލައި 2020 | އާދީއްތަ 02:56
އަލީ ވަހީދު އާއި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް
އަލީ ވަހީދު އާއި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް
ޓްވިޓަރ
ޖޭޕީގެ ރައީސްކަމުން އަލީ ވަހީދު ވަކިކުރުން
ޖޭޕީގެ ރައީސްކަމުގެ މަގާމުން އަލީ ވަހީދު ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހަޅަނީ
 
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިގެން އަލީ ވަހީދު ވަނީ ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރައްވާފައި
 
އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކިކޮށްފައިވަނީ ނިމިގެން ދިޔަ ހަފްތާ

ޖޫމްހުރީ ޕާޓީގެ ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެޕާޓީގެ ރައީސްކަމުން އިސްތިއުފާދިނުމަށް އެދުމުން އިސްތިއުފާނުދިނުމުން، އަލީ ވަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އެ ޕާޓީގެ ކައުންސިލަށް ހުށައަޅަން ނިންމައިފި އެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިގެން އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކިކޮށްފައިވަނީ ނިމިގެން ދިޔަ ހަފްތާގައެެވެ. އޭނާ މިނިސްޓަރު ވަކިކުރުމާއި ޖޭޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް އަންގާފައިވަނީ އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް އެވެ.

އަލީ ވަހީދު ޕާޓީގެ ރައީސް ކަމުގެ މަގާމުން ވަކިކުރަން ހުށަހެޅުމަށް ނިންމާފައިވާއިރު، އެޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށްވެސް ޕާޓީގެ ކައުންސިލަށް ކުއްލި މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް ޖިންސީ ފުރުއްސާރަ ކުރި ކަމަށް ބުނާ އޯޑިއޯގެ މައްސަލައާ ގުޅިގެން ވެސް ޖޭޕީގެ ކައުންސިލަށް މައްސަލަ ހުށަހެޅިއެވެ. އެކަމަކު ރައީސް ސޯލިހު އެކަމަށް ވަކިގޮތެއް ނުނިންމަަވާތީ ޖޭޕީން އަލީ ވަހީދަށް ފިޔަވަޅެއް އެފަހަރު ނާޅައެވެ.

އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކުރައްވާފައިވަނީ އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ ޝަކުވާ މިނިސްޓްރީގެ ސްޓާފުންތަކެއް ސީދާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އާއި، ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އާ ބައްދަލުކޮށް ހިއްސާކުރިފަހުންނެވެ. މިނިސްޓަރު ކަމުން ވަކިވުމަށް އެންގެވުމުން އަލީ ވަހީދު މިނިސްޓަރ ކަމުން ވަކިނުވުމުން ފަހުން ރައީސް ވަނީ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރ ކަމުން ވަކިކުރައްވާފަ އެވެ.

މިމައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އަލީ ވަހީދު ދިރިއުޅުއްވާ އެޕާޓްމެންޓް ބަލައި ފާސްކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިމައްސަލަތައް ފެންމަތިވުމާއި ގުޅިގެން އަލީ ވަހީދު ވިދާޅުވެފައިވަނީ ހަގީގަތްފަހުން ހާމަވާނެކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
0%
0%
50%
25%
0%
ކޮމެންޓް