ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 22:55
ޑރ. އަލީ ލަތީފް
ޑރ. އަލީ ލަތީފް
އެންއީއޯސީ
ކޮވިޑު ޖެހިގެން ފަރުވާދޭ މީހުން
ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ ކޮވިޑުގެ ބަލި މީހުން އިތުރުވަނީ
 
އަލީ ލަތީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި
 
ފްލޫ ކްލިނިކަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން
 
މާސްކު ނައަޅާ މީހުންގެ އަދަދު އިތުރުވަނީ

ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެން ޖެހޭ މީހުންގެ އަދަދު އިތުރުވާތީވެ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހޮނިހިރު ދުވަހު ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ، ލޮކްޑައުންއަށް ދިން ލުއިތަކާއި އެކު މަގުމަތިން ފެންނަނީ އެންމެ އެކަށީގެންވާ މަންޒަރުތަކެއް ނޫން ކަމަށެވެ. އެންމެ ފުރަތަމަ ދިން ލުޔާއެކު މާސްކު އަޅާ މީހުންގެ އަދަދު އިތުރުވިޔަސް މިހާރު މާސްކުނާޅާ ބޭރުގައި އުޅޭ މީހުން އަދަދު އިތުރުވާން ފަށައިފި ކަމަށް ޑރ. ވިދާޅުވިއެވެ.

ގައިދުރުކަން އެއްވެސް ވަރަކަށް ބެލުމެއްނެތި އެކި ތަންތަނުގައި މީހުން ޖަމާވަމުންދާތީވެ އެކަމަށް އިޝާރާތް ކުރައްވާ ޑރ. ލަތީފް ވިދާޅުވީ، ބަލި އިތުރަށް ފެތުރިގެން ދިޔުމުގެ ބިރު އެބައޮތް ކަމަށެވެ.

ގިނައިން މަގުމައްޗަށް ނިކުމެ އަޅާނުލާ އުޅޭ ކަމަށްވަންޏާ ނޭނގިވެސް ގޭތެރެއަށް ބަލި ގެންދެވިދާނެ. ގޭތެރެއަށް ބަލި ގެންދެވިއްޖެއްޔާ، މައިންބަފައިންނަށާއ އަދި ގޭގައި އުޅޭ އެހެން ބަލިތަކަށް ފަރުވާދޭ މީހުންނަށް ބަލި ޖެހިދާނެ.
ޑރ. އަލީ ލަތީފް

މިދިޔަ މަހު ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު މީހުންގެ އަދަދާއި މިހާރު ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރަވަމުން އަންނާތީވެ އެޗްއީއޯސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޖޫން މަހުގެ ފަހު ހަފްތާ އަށް ބަލާއިރު ގާތް ގަނޑަކަށް 4 ޕަސެންޓް އަޅުގަނޑުމެން އެޑްމިޓްކުރިން. ޖުލައިގެ ފުރަތަމަ ހަފްތާއަށް ބަލާއިރު 15 ޕަސެންޓް މައްޗަށް ގޮސްފައި. މިއީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް.
ޑރ. އަލީ ލަތީފް

ޑރ. އަލީ ލަތީފް ވިދާޅުވީ، ދިވެހިންގެ ތެރެއިން ބަލި ޖެހޭ ގިނަ މީހުންނަކީ އެހެން ބަލިތައްވެސް ޖެހިފައިވާ މީހުންނަށްވާތިވެ އެމީހުންނަށް ބަލީގެ ނުރައްކާ ބޮޑުކަމަށެވެ.

އޭގެއިތުރުން ރޯގާ ޖެހިގެން ފްލޫ ކްލިނިކަަށް ދައްކާ މީހުންގެ އަދަދުވެސް ވަނީ މިހާރު އިތުރާވާން ފަށާފައެވެ. ފާއިތުވި ދެ ދުވަހު އެކަނިވެސް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. މީގެ ތެރެއިންވެސް ގިނަ މީހުންނަކީ ދިވެހިންނެވެ. ޕޮޒިޓިވްވާ ބިދޭސީންގެ އަދަދު ދަނީ މަދުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
50%
38%
13%
0%
ކޮމެންޓް