ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 19:55
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝުއައިބް މުހައްމަދު އިގްބާލް
އަލީ ވަހީދުގެ އެޕާޓްމެންޓް
ކޯޓު އަމުރެއްގެ ދަށުން އަލީ ވަހީދު ދިރިއުޅުއްވާ އެޕާޓްމެންޓް ބަލައި ފާސްކުރަނީ
 
ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި
 
ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭ
 
ފުލުހުން ވަނީ އެކަން ކަށަވަރު ކޮށްދީފައި

ކޯޓު އަމުރެއްގެ ދަށުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވާ އެޕާޓްމެންޓް ބަލައި ފާސްކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އަލީ ވަހީދު ދިރިއުޅުއްވާ އެޕާޓްމެންޓް ބަލާ ފާސްކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓްރަަކަމުން ވަކި ކޮށްފައިވަނީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތަކާއި ގުޅިގެންނެވެ. އަލީ ވަހީދު އަށް ތުހުމަތުތައް ކުރި މުވައްޒަފުން ބުނާ ގޮތުން، އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ޖިންސީ ގޯނާ ކޮށްފައިވަނީ މިނިސްޓްރީގެ ދަތުރުތަކުގައި ރިސޯޓުތަކަށް ގެންގޮސްގެން ކަމަށް ވެސް މިނިސްޓްރީގެ މުވައްޒަފުން ބުނެއެވެ. އެކަންތައްތައް ތަހައްމަލު ނުކުރެެވިގެން އެވާހަކަ ރައީސް ސޯލިހުއާ ހިއްސާ ކުރެއްވުމުން އެމަނިކުފާނު ކީރިތި ކުރެއްވި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން އަލީ ވަހީދު ވިދާޅުވެފައިވަނީ ހަގީގަތް ފަހުން ހާމަވާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
23%
15%
8%
8%
8%
38%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު