ކ. މާލެ
|
12 ޖުލައި 2020 | އާދީއްތަ 01:51
ބޮސްނިއާ ހަޒްގޮވީނާ ގަތުލްއާންމުގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން: މިގަތުލްއާންމުގައި 8،000 މުސްލިމުން ވަނީ ދުނިޔެ ދޫކޮށްފައި
ބޮސްނިއާ ހަޒްގޮވީނާ ގަތުލްއާންމުގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން: މިގަތުލްއާންމުގައި 8،000 މުސްލިމުން ވަނީ ދުނިޔެ ދޫކޮށްފައި
އަލްޖަޒީރާ
ބޮސްނިއާ ހަޒްގޮވީނާ ގަތުލްއާންމް
ބޮސްނިއާ ގަތުލްއާމް ފަދަ އިތުރު ގަތުލްއާންމެއް ހިނގުން ހުއްޓުވަންޖެހޭ: ރައީސް ސޯލިހު
 
ބޮސްނިއާ ހަޒްގޮވީނާއަށް މިނިވަންކަން ލިބުނީ 1992 ވަނަ އަހަރުގައި
 
މިގަތުލް އާންމުގައި ދުނިޔެ ދޫކުރި ފަރާތްތަކުގެ ހަނދާނުގައި މިފަދަ އިތުރު ގަތުލް އާންމެއް ހިންގުން ހުއްޓަން ޖެހޭ

ބޮސްނިއާ ގަތުލްއާންމަށް 25 އަހަރު މިއަދު ފާހަގަ ކުރަމުންދާއިރު، އެ ގަތުލްއާންމުގައި މަރުވި މީހުންގެ ހަނދާނުގައި އެފަދަ އިތުރު ގަތުލްއާންމެއް ހިނގުން ހުއްޓުވަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ހޮނިހިރު ދުވަހު ކުރެއްވި ޓްއީޓުގައި ވިދާޅުވީ ބޮސްނިއާ ގަތުލްއާންމަށް މިއަދު 25 އަހަރު ފާހަގަ ކުރަމުންދާއިރު އެގަތުލްއާންމުގައި ދުނިޔެ ދޫކުރި 8000 (އަށް ހާސް) މުސްލިމު ކުޑަ ފިރިހެން ކުދިންނާއި، ފިރިހެނުންގެ މަރުގެ ހަނދާނުގައި މިފަދަ އިތުރު ގަތުލްއާންމެއް ހިންގުން ހުއްޓުވަން ޖެހޭ ކަމަށެވެ.

ބޮސްނިއާ ހަޒްގޮވީނާ ގަތުލްއާންމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔޫރަޕްގެ ގައުމެއްގައި ހިންގައިފައިވާ އެންމެ ބޮޑު ގަތުލްއާންމެވެ. އެގޮތުން ސާބިއާގެ ސިފައިން ފަސް ދުވަހުގެ ތެރޭގައި 8،000 (އަށް ހާސް) ހަތިޔާރު ނެތް މުސްލިމުންވަނީ މަރާލައިފައެވެ. މީގެ އިތުރުން އެތަށް ހާސް މުސްލިމު އަންހެނުންނަށް ޖިންސީ ފުރައްސާރަ ކޮށްފައިވާއިރު މިގަތުލްއާންމު ނިންމާ މިނިވަންކަން ބޮސްނިއާގެ ރައްޔިތުންނަށް ލިބިފައިވަނީ 1992 ވަނަ އަހަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
50%
0%
0%
50%
ކޮމެންޓް