ބުދަ 12 އޯގަސްޓު 2020
02 މާ
1441 ޒުލްޙައްޖު 22
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:35
ޗިލްޑްރެންސް އޮމްބަޑްސްޕަރސަން

ޗިލްޑްރެންސް އޮމްބަޑްސްޕަރސަން އަށް ނިއުމަތު އައްޔަންކުރުމަށް ކޮމިޓީން ރުހުންދީފި

  • ކޮމިޓީން ވަނީ ރިޕޯޓް އާއްމުކޮށްފައި
  • ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުން

ކ. މާލެ | 11 ޖުލައި 2020 | ހޮނިހިރު 19:42 | 2,966

މަޖިލީހުގެ ޖެންޑަރ ކޮމީޓިން ބޭއްވި ބައްދަލުވުމުގެ ތެރެއިން - ޔޫސުފް ސޮފްވާން ރަޝީދު

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މ. މާފުށި، ނިއުމަތު ޝަފީގު އަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ނިންމައިފި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުުގެ ގާނޫނުގެ 113 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް، ރައީސް ސޯލިހު ނިއުމަތު ނަންފުޅު މަޖިލީހަށް ފޮނުއްވީ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާގެ ނަން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ އާއްމުކޮށްފައެވެ.

ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ މަގާމަށް ނިއުމަތު އައްޔަންކުރަން ފެންނަކަމަށް ފާސްކޮށްފައިވަނީ ޖޫން މަހުގެ 24 ވަަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓު ދިން ތިންބައިކުޅަ ދެބައިގެ އައުލަބިއްޔަތުންނެވެ.

އޮމްބަޑްސްޕަރސަންގެ މަގާމަށް ނިއުމަތުގެ ނަން ކޮމެޓީން ފާސްކުރި ރިޕޯޓު ދެން ފޮނުވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ. އަދި އެ ރިޕޯޓު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު ފާސްކުރުމާމެދު ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓުން ނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.