ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 19:01
ޕީޖީ އޮފީހުން ވަނީ އޭނާގެ މައްޗަށް 3 ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް ހުށައަޅާފައި
ޕީޖީ އޮފީހުން ވަނީ އޭނާގެ މައްޗަށް 3 ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް ހުށައަޅާފައި
ރާއްޖެއެމްވީ
11 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ
11 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާއަށް 3 ދައުވާއެއް، ސާބިތުވެއްޖެނަމަ މަދުވެގެން 20 އަހަރަށް ޖަލަށް!
 
ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް މަދުވެގެން 20 އަހަރުގެ ޖަލު ޙުކުމެއް އަންނާނެ
 
އޭނާގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވޭ
 
މި މައްސަލަ ޚާއްސަ އިސްކަމެއްދީގެން ބަލަމުންދޭ

މާލޭ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ހުށައަޅައިފިއެވެ.

ހޮނިހިރު ދުވަހު ޕީޖީ އޮފީހުން ބުނީ، ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ، 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމް ކުރުވައިގެން މާލޭ ގެސްޓްހައުސްއަކަށް އެކުއްޖާ ގެންގޮސް ޖިންސީ ގޯނާ ކުރި މައްސަލައާއި، އެމައްސަލައާ ގުޅިގެން އަނީސް ޙިލްމީގެ މޮބައިލް ފޯނު އެނަލައިޒް ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ. އެގޮތުން އޭނާގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވެއެވެ.

  1. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ
  2. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ ދަށުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދަޢުވާ.
  3. ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ.

މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް މަދުވެގެން 20 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

މި މައްސަލައާ ގުޅިގެން ހޮނިހިރު ދުވަހު ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިކަހަލަ ކުށް ކޮށްފައި ސަލާމަތް ނުވާނެކަން އެނގެންޖެހޭނެ ކަމަށެވެ. އަދި އަމާނާތްތެރިކަމާއި، އިޚްލާޞްތެރިކަމާއެކު މިފަދަ މައްސަލަތަކުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

11 އަހަރުގެ އަންހެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވަނީ 12 ޖޫން ވީ ހުކުރު ދުވަހުގެރޭއެވެ. އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅުންހުރި އިދާރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
33%
0%
33%
33%
0%
ކޮމެންޓް