ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 18:43
ރައީސް ޔާމީނު ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަދައްކަވަނީ
ރައީސް ޔާމީނު ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ރައީސް ޔާމީނުގެ އިސްތިއުނާފު މައްސަލަ
ރައީސް ޔާމީނުގެ އަބުރަށް ހުތުރުވާ ކަމެއް ކޮށްފިނަމަ ދޫކޮށްނުލާނަން، އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން: ވަކީލުން
 
އެހެން މީޑިއާތަކުންވެސް އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަކީލުންގެ ޓީމުން ހަނދާން ކޮށްދީފައިވޭ
 
މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ފެށުނު ފަހުން އެމަނިކުފާނަށް ރަށާބެހޭ މައުލޫމާތުތަކެއް އެނގިވަޑައިގެންނެވި
 
ވޮޑަމުލާ ކިޔާ ރަށެއް އޮންނަކަން އެމަނިކުފާނަށް ފުރަތަމަ އެނގިވަޑައިގެންނެވީ ޝަރީއަތުގެ މަރުޙަލާގައި

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަބުރަށް ހުތުރުވާ ކަމެއް ކޮށްފިނަމަ އެކަމެއް ދޫކޮށްނުލައްވާނެ ކަމަށާއި، އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ، ގއ ވޮޑަމުލާ ކިޔާ ރަށެއް އޮންނަކަން އެމަނިކުފާނަށް އެންމެ ފުރަތަމަ އެނގިވަޑައިގެންނެވީ މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އިރު ކަމަށެވެ. އެގޮތުން ފުލުހުންގެ ތަޙުޤީޤުގައި ސުވާލުކުރިއިރުވެސް އެއްވެސް ވަރަކަށް ވޮޑަމުލާގެ ވާހަކަ ފެންމަތިވެފައި ނުވާ ކަމަށާއި، ފަހުން ތަހުޤީޤު ނިމި ދައުވާ ކުރުމުގެ މަރުޙަލާއަށް ދިޔައިރުވެސް ދައުލަތުން އެކަން ފާހަގަ ކޮށްފައި ނުވާކަން ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ކުރިއަށްދިޔައިރު ރައީސް ޔާމީން ވިދާޅުވީ، ވޮޑަމުލާއަކީ އެމަނިކުފާނާއި ގުޅުން އޮތް ރަށެއް ނޫން ކަމަށާއި، އެރަށް ދީފައިވަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ދެ ރައްޓެހިންނަށް ކަމަށެވެ. އަދި އެ ޚަބަރު ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ގެނެސްދީފައިވަނީ އެމަނިކުފާނު އިތުރުފުޅު ހެއްދެވިކަމަށް ދޭހަވާ ގޮތަށްކަން ބަޔާންކޮށް ވަކީލުންގެ ޓީމުން ބުނީ، އެރަށާ ބެހޭގޮތުން ރައީސް ޔާމީން ވިދާޅުވީ، ތެދުފުޅެއް ކަމަށެވެ. ނަމަވެސް އެ މައުލޫމާތުތަކަކީ މި މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ފެށުނު ފަހުން އެމަނިކުފާނަށް އެނގިވަޑައިގެން މައުލޫމާތުތަކެއްކަން ވަކީލުންގެ ޓީމުން ފާހަގަ ކޮށްފައިވެއެވެ. ވުމާއެކު އެމަނިކުފާނަށް ވޮޑަމުލާ ކިޔާ ރަށެއް އޮންނަކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވުން އެއީ ޙަޤީޤަތުގައިވެސް ތެދުފުޅެއް ކަަމަށް ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން، ރައީސް ޔާމީނުގެ އަބުރަށް ހުތުރުވާފަދަ ރައިވަރެއް ތުއްތު ކުއްޖަކު ލައްވައި ލައިވް ޓީވީގައި ކިއުއްވާފައިވާކަން ފާހަގަކޮށް ބަޔާނުގައި ބުނީ، އެއީވެސް ޕީއެސްއެމްއިން ހިންގާފައިވާ ދަށުދަރަޖައިގެ ޢަމަލެއް ކަމަށެވެ. އަދި ރައީސް ޔާމީނުގެ އަބުރަށް ހުތުރުވާ ގޮތަށް ކުރާ ކަންކަމަކީ އަޅާނުލައި ދޫކޮށްލެވޭނެ ކަންކަމެއް ނޫންކަމަށާއި، އެކަމުގައި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވަކީލުންގެ ޓީމުން ބުނެފައިވެއެވެ. އަދި އެހެން މީޑިއާތަކުންވެސް އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަކީލުންގެ ޓީމުން ހަނދާން ކޮށްދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
57%
24%
0%
14%
5%
0%
ކޮމެންޓް
12 ޖުލައި 2020 | އާދީއްތަ 06:22
ކޮބައިބާ ޔާމީނުގެ ވަކީލުން އަޅާ “އެންމެހަރުކަށި ފިޔަވަޅަކީ؟”މިއީއާދަޔާޚިލާފު ބާރުގަދަ ބަޔަކީތަ؟ ވަގަކަށް ވަގެކޭގޮވުން އެއީ އަބުރާބެހުނުކަމަށް ހެދޭނެ އެއްގޮތެއްވެސް ނޯންނާނެ. ދެން އަތްޖަހާ!
11 ޖުލައި 2020 | ހޮނިހިރު 20:07
އިހުލާސްތެރި ކަމާއެކުދިން ވޯޓް
އެސޮރުގެ އަބުރެއް އޮވޭތަ.... ބަލަގަ ކޯޓްގައި ކުށެއްނެތްކަން ސާބިތުކޮށްދީ...... މިހާރު އޮތްގޮތުން އަބުރަށް ހުތުރުވިޔަސް ބުނެވޭނީ ވަގެކޭ