ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 16:56
ސާޖިއޯ އަގުއޭރޯ ސިޓީގެ މެޑިކަލް ޓީމާއިއެކު: އަގުއޭރޯއަށް ރެއާލާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ
ސާޖިއޯ އަގުއޭރޯ ސިޓީގެ މެޑިކަލް ޓީމާއިއެކު: އަގުއޭރޯއަށް ރެއާލާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ
ގެޓީ އިމޭޖަސް
އަގުއޭރޯގެ ކަކުލުގެ އަނިޔާ
އަނިޔާގެ ސަބަބުން އަގުއޭރޯއަށް ޗެމްޕިއަންސް ލީގުގައި ރެއާލާ ދެކޮޅަށް ނުކުޅެވޭނެ
 
ސިޓީން ވަނީ ރެއާލާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-1 ން ކާމިޔާބުކޮށްފައި
 
އަނިޔާގެ ސަބަބުން އަގުއޭރޯ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައި
 
އަގުއޭރޯއަށް އަނިޔާވީ ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި

މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އެޓީމުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އަގުއޭރޯއަށް އަނިޔާވީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި 5-0 ބާންލީ އަތުން ސިޓީ މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ކަކުލަށް ލިބުނު އަނިޔާއަށް އިތުރު ފަރުވާ ހޯދަން އަގުއޭރޯ ސްޕެއިންގެ ބާސެލޯނާއަށް ދިޔައިރު، އަގުއޭރޯ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަނިޔާއިން ރަނގަޅުވެ އަގުއޭރޯއަށް އެނބުރި ކުޅުމުގައި ބައިވެރިވެވޭނީ ހަ ހަފުތާ ފަހުންނެވެ. އެހެންކަމުން އެގޮސްޓް މަހުގެ ހަތްވަނަ ދުވަހު ސިޓީން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރެއާލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި އަގުއޭރޯއަށް ނުކުޅެވޭނެއެވެ.

މި ސީޒަނުގައި ސިޓީން މިހާތަނަށް ކުޅުނު 30 މެޗުގެ ތެރެއިން 24 މެޗުގައި އަގުއޭރޯ ކުޅެފައިވާއިރު، އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ލީގުގައި 16 ލަނޑު ޖަހާފައެވެ. އަދި މި ސީޒަނުގައި ޖެނުއަރީ މަހު އެސްޓަން ވިލާއާ ދެކޮޅަށް ހެދި ހެޓްރިކާއެކު އަގުއޭރޯ ވަނީ އޭނާގެ ކެރިއަރުގެ 12 ވަނަ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފަސްކުރި ޗެމްޕިއަންސް ލީގު އޮގަސްޓް މަހު އަލުން ފަށާއިރު، ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ސިޓީ ވަނީ ރަށުން ބޭރުގައު 2-1 ން ރެއާލްގެ މައްޗަށް ކުރިހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް