ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 13:24
ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހުފޫޒް (އިންމަ): އިތުރު އެއް އަހަރަށް އެ ކްލަބުގައި މަޑުކުރާނެ
ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހުފޫޒް (އިންމަ): އިތުރު އެއް އަހަރަށް އެ ކްލަބުގައި މަޑުކުރާނެ
އެފްއޭއެމް
ދަ ގްރާންޑޭގައި އިންމަ މަޑުކުރުން
ދަ ގްރާންޑޭގައި މަޑުކުރަން ނިންމާ އިންމަ އެއްބަސްވުން އާކޮށްފި
 
އިންމަ ވަނީ ދަ ގްރާންޑޭގައި އިތުރު އެއް ސީޒަނުގައި މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފައި
 
ދަ ގްރާންޑޭއާ އިންމަ އެންމެ ފުރަތަމަ ހަވާލުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުގެ ކޯޗު އިސްމާޢީލް މަހުފޫޒް (އިންމަ) އާކޮށްފިއެވެ.

ފުރަތަމަ ޑިވިޝަނުގައި މިދިޔަ ސީޒަނުގައި އަލަށް ވާދަކުރަން ފެށި ދަ ގްރާންޑޭއާ އިންމަ ހަވާލުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ކުރިއަށް އޮތް ސީޒަން މިއަހަރުގެ ޑިސެމްބަރު މަހު ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ން މަސައްކަތް ކުރަމުން އަންނައިރު، ހުކުރު ދުވަހު އިންމަ ވަނީ ދަ ގްރާންޑޭގައި އިތުރު އެއް ސީޒަނުގައި މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފައެވެ.

ރަނގަޅު ސްކޮޑަކާއެކު މިދިޔަ ސީޒަނުގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ދަ ގްރާންޑޭ ވާދަކުރިއިރު، އިންމަގެ އިރުޝާދުގެ ދަށުން ސީޒަނުގެ ކުރީކޮޅު އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެކަމަކު ލީގުގެ ފަހުކޮޅު ކްލަބުތަކަށް ދިމާވި މާލީ މައްސަލަތަކުގެ އަސަރު ދަ ގްރާންޑޭއަށްވެސް ކުރިއިރު، އެޓީމުން މި ދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ނިންމާލީ ތާވަލުގެ ފަސްވަނައިގައި އޮވެގެންނެވެ.

އިންމަގެ ކޯޗިން ކެރިއަރު ފަށާފައިވަނީ 2006 ވަނަ އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. އެ ކްލަބުގައި ކާމިޔާބު ސީޒަންތަކެއް އިންމަ ހޭދަކުރިއިރު، އޭނާ މާޒިޔާ ދޫކޮށްލީ 2014 ގައެވެ. އޭގެ ފަހުން ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ މަގާމު އަދާކުރި އިންމަ އަލުން މާޒިޔާއާ ގުޅުނީ 2017 ވަނަ އަހަރެވެ. އެކަމަކު 2018 ވަނަ އަހަރުގެ ސީޒަނަށްފަހު އިންމަ މާޒިޔާ ދޫކޮށްލިއިރު، ދެން ފެނިގެންދިޔައީ މިދިޔަ ސީޒަނުގައި ދަ ގްރާންޑޭއިންނެވެ.

މިހާތަނަށް އިންމައަށް ކޯޗިންގ ކެރިއަރުގައި މާކަ ގިނަ ކާމިޔާބީތަކެއް ހޯދިފައި ނުވާއިރު، އޭނާ ވަނީ މާޒިޔާ އާއެކު 2012 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް