ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 13:21
ކެލާ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނިންމަ ބޭނުންކުރަން ވަނީ ފަށާފައި
ކެލާ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނިންމަ ބޭނުންކުރަން ވަނީ ފަށާފައި
އެމްޓީސީސީ
ކެލާ ބަނދަރުގެ މަސައްކަތް
ކެލާ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި
 
220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވޭ
 
12768 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް 30 މީޓަރުގެ ބޭރުތޮއްޓެއް ލާފައިވޭ
 
ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށްފައިވޭ

ހއ. ކެލާ ބަނދަރު ބޮޑުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ފެށި ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ ބަނދަރުގެ މަސައްކަތް މި މަހުގެ 9 ވަނަ ދުވަހު އެއްކޮށް ނިންމާފައިވާ ކަމަށެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއައި މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ހަވާލު ކުރި މަސައްކަތެކެވެ.

ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 12768 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް 30 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވެއެވެ. އަދި ބަނދަރާ އިންވެގެން 1145 އަކަމީޓަރުގެ ޕޭމަންޓް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫ ޢުގެ ދަށުން ހިންގާފައިވެއެވެ.

ޕްލޭނިންގެ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި މަޝްރޫއު ނިންމުމަށް ދިނީ 410 ދުވަހެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރުގެ މަސައްކަތްކާއި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން އެ ކުންފުނިން ކުރިއަށްގެންދާ އެކި ކަހަލަ އުމްރާނީ ތަރައްޤީގެ މަޝްރޫއު ތެރެއިން ހއ. އަދި ހދ. އަތޮޅުގެ ހޯރަފުށި، އިހަވަންދޫ، ކެލާ، ހަނިމާދޫ އަދި ނެއްލައިދޫގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް އެބަގެންދެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް