ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 12:18
ރެއާލް އާއި އަލަވޭސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުން
ރެއާލް އާއި އަލަވޭސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
އަލަވޭސް ބަލިކޮށް ރެއާލުން އުންމީދު އާކޮށްފި
 
ރެއާލް އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާއެކު
 
އަލަވޭސް އަތުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުން

ސްޕެނިޝް ލީގުގައި ފަސޭހަކަމާއެކު ޑިޕޯޓިވޯ އަލަވޭސް ބަލިކޮށް ރެއާލް މެޑްރިޑުން ލީގު ކާމިޔާބުކުރުމުގެ އުންމީދު އާކޮށްފިއެވެ.

ހުކުރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ރެއާލުން އަލަވޭސްގެ ގޯލަށް ނުރައްކާކޮށްފައިވާއިރު، މެޗުގެ 11 ވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. އަލަވޭސްގެ ޑިފެންޑަރު ޒިމޯ ނަވާރޯ އޭރިއާ ތެރެއިން ރެއާލުގެ ޑިފެންޑަރު ފޭލަންޑް މެންޑީއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ރެއާލަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާއެވެ.

މި ލަނޑަށްފަހު ވެސް ރެއާލުން ވަނީ އަލަވޭސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން ރެއާލް މާކޯ އެސެންސިއޯ އަދި ރޮޑްރިގޭޒްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ފުރަތަމަ ހާފުގައި ރެއާލުން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ އަލަވޭސްގެ ގޯލްކީޕަރު ރޮބާޓޯ ހިމެނޭޒްއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ރެއާލުން އެޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 50 ވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބެންޒެމާގެ އެހީތެރިކަމާއެކު އެސެންސިއޯއެވެ.

މި ނަތީޖާ އާއެކު ރެއާލް ތާވަލުގެ އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާއެކުއެވެ. ރެއާލަށް ކުޅުނު 35 މެޗުން 80 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ބާސެލޯނާއަށް ކުޅުނު 35 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. އަދި ތިންވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 35 މެޗުން ލިބުނު 63 ޕޮއިންޓާއެކުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް