ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 15:27
ފަލަސުރުހީ ޕްރޮގްރާމްގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ބިދޭސީންގެ މައްސަލަ
ބިދޭސީން ގެނައުމުގައި އިމިގްރޭޝަންގެ މުވައްޒަފުން ޝާމިލު ވާނަމަ، ފިޔަވަޅު އަޅާނަން: މިނިސްޓަރު ޝިފާޒް
 
އިންސާފު ގާއިމްކުރުމުގައި މިސަރުކާރުން ސިޔާސީ ކުލައަކަށް ނުބާލާނެ
 
މިމައްސަލާގައި ގިނަބައެއްގެ އިހުމާލު އެބައޮތް
 
މިމައްސަލަ ހައްލު ކުރުމަށްޓަކައި އަމަލީ މަސައްކަތެއް ފެށީ މިސަރުކާރުން

ބިދޭސީން ގަވާއިދާއި ހިލާފަށް ގެނައުމުގައި އިމިގްރޭޝަންގެ މުވައްޒަފެއް ޝާމިލްވާނަމަ، އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށާއި މުއައްސަސާގެ ވެރިޔާގެ މަގާމު އެކަނި ބަދަލުވެގެން އެކަން ހައްލުނުވާނެކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު ޝިފާޒު ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ މައްސަލައެއް ކަމަށާއި، މިމައްސަލަ ހައްލު ކުރުމަށްޓަކައި އަމަލީ މަސައްކަތެއް ފެށީ ވެސް މިސަރުކާރުން ކަމަށެވެ.

އެގޮތުން ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވައްދާ މިމައްސަލަތައް ހައްލު ކުރުމަށް މަސައްކަތްތައް ކުރަމުންދާކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ޝިފާޒު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ގަވައިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ފެށި ރެގިއުލަރައިޒޭޝަން ޕްރޮގުރާމް ޝިފާޒު ފާހަގަކުރެއްވިއެވެ.

ޝިފާޒު ވިދާޅުވީ މިމައްސަލާގައި ގިނަ ބައެއްގެ އިހުމާލު އޮތްކަމަށް ގަބޫލުކުރާ ކަމަށާއި، އެފަދަ މީހުންނާ ދޭތެރޭގައި ވެސް އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މިސަރުކާރުގައި އަޅާނެ ކަމަށެވެ.

މައްސަލަ ހައްލު ކުރުމުގައި އަދި މިފަދަ ކަންކަމަށް ފުރުސަތު ނުދިނުމަށްޓަކައި ރަނގަޅު ނިޒާމެއް ގާއިމްވެފައި އޮންނަން ޖެހޭކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ ނިޒާމު ހަރުދަނާ ކުރެވޭ ހާލަތުގައި އިންސާނީ ވަގުފާރިއަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

މީހުން ތިއްބަސްވެސް އެމީހާއަށް އެކަނި ނުވަތަ އެމީހުންގެ ތެރެއިން އަޅުގަނޑަށް ހީވަނީ ނިޒާމު ވަރުގަދަ ސިސްޓަމެއް ގާއިމް ކުރީމަ ވަރަށް ގިނަ ކަންކަން ހައްލުވޭހެން. ވަރަށް ގިނަ ކަންކަން ހައްލުވޭ. އެނިޒާމު އެހެންވީމަ ބަދަލު ކުރުމުގެ މަސައްކަތް ހަގީގަތުގައި އަޅުގަނޑުމެން ކުރަމުން މިދަނީ. ކޮންމެހެން ބަދަލު ކުރަންޖެހޭ މީހުން ތިބެއްޖެއްޔާ ކުރަން ޖެހޭނީ މިކަން ރަނގަޅު ކުރަންޏާ. އެހެން ނަމަވެސް އަޅުގަނޑުމެން ވެރިކަމަށް މިއައީ ވަރަށް ގިނަ ވާހަކަ ދައްކާފަ. ހަމަޖައިމު ވެސް ސިޔާސީ ހިޔާލު ތަފާތުވެގެންނޭ ކިޔައިގެން ނުވަތަ އެފަދަ ކަމަކާ ހެދިއެއް ނޫން ބަދަލުކުރާނީއެއް. ތިފާހަގަކުރެއްވި ކަންތައްތަކުގެ ތެރެއިން ކުރަންޖެހޭ އިދާރީ ފިޔަވަޅުގެ ތެރެއިން ކުރަންޖެހޭނީ.
ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު

ޝިފާޒު ވިދާޅުވީ އިންސާފު ގާއިމްކުރުމުގައި މިސަރުކާރުން ސިޔާސީ ކުލައަކަށް ނުބާލާނެ ކަމަށާއި، ވަކި ބޭފުޅަކަށްވީމަ ބަސް ނުބުނެ ތިބޭކަށް ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ފެންމަތިވާ މައްސަލަތައް މި ސަރުކާރުގައި ބަލާނެ ކަމަށާއި، އެކަމާ ދެކޮޅަށް ވަކާލާތު ކުރުމުގެ ފުރުސަތު ވެސް މިސަރުކާރުގައި ލިބޭނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
6%
38%
0%
50%
0%
6%
ކޮމެންޓް
12 ޖުލައި 2020 | އާދީއްތަ 08:25
ނާސިހު
ކަލޯކޮންދުވަހަކުން ތިފިޔަވަޅު އަޅާވާހަކަތިބުނީ 2 ައހަރުވީ ނޭޅުނު ނުވާނެ ހުސް އަގަތަޅަނީ ވާކަމެ އް ނެތް
11 ޖުލައި 2020 | ހޮނިހިރު 16:11
ފެކްޓްސް
އިމިގްރޭޝަން އިން ތިކަމަށް އިހުމާލު ވާކަމާއި ފުލިހުންގެތެރޭގައި ކުއްކުރާ މީހުންނަށް އެހީވާ ބަޔަކު އުޅެކަމާއި މަސްތުވާ ަތަކެތީގެ ކަންކަމުގައި ކަސްޓަމުގެ އިހުމާލު އޮންނަކަން އެއީ އާންމުންނަށް އޮޅިފައިވާ ކަމެއްނޫން. މިއީ އާކަމެއް ނަމަތާ ތިހެން ބުނީމަ ހިންދިރުވާލެވޭނި؟ ހަމަ އާދަވެގެން ޕޮލިޓިކްސްގަ ވާގޮތަށް މަތީ މަގާމުތަކުގައި ތިބޭ ރޯޔަލް މީހުންޖެ ނުފޫޒާއި ބައޮވެރިވުން ނުވާނަމަ މިކަންކަމަކީ ދައިލަތަކަށް ހައްލު ހޯދަން އެއްވެސް ކެއް ނޫން! ހަމަ ބޭނުމަކީ އާންމުން ގަނަ ތަޅުވާފަ ބޭތިއްބުން. ފައިސާލިބެނިކޮށް ނިމިނި! އަނެއްކޮޅުން ބިދޭސީން އިމިގެ ތެރެއަށް ވެއްދުމަކީ ހައްލެއް ނޫން! މި ޤައުމުގެ އާބާދީގެ 5 ބައިކުޅަ އެއް ބަޔަށްވުރެ ބިދޭސީން އިތުރުނުވެ ކަންކަން ވާނެ ގޮތެއް ހޯދަން އެބަޖެހޭ! މިތާގެ އަހުލުވެރީންނަށް މިބިމުގައި ސާފުނޭވާ ލައގެން ދިރި އުޅެވޭ ވަރަށް ޖާގަ ތަނަވަސް ކުރަން ޖެހޭ! މި ޤައުމަކީ އިންތިހާއަށް މުއްސަނދި ޤައްމެއް. އެ މުއްސަދިކަމަށް ހޮތު ހުރިހާގޮތެއް ހަދަމޖން ސިޔާސީ ވެރިން މިދަނީ. އިސްރާފާއި ވައްކަމާއި އޮޅުވާލުން ނުވާނަމަ މިހެންހުންނަ އެތަކެއް އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދޭނެ ޤާބިލުކަން މިޤައުމަުގައި ހުންނާނެ. ކިޔެން އޮންނއެއްޗަކީ އެސަރުކާރު މިސަރުކާރު! ކޮންސަރުކާރެއްގެ ވާހަކަ ދައކްނަތޯ! ޚޮންމެބަޔަކުވެސް އެބައެއްގެ ޒިންމާ ތެދުވެރިކަމާއުކު އަދާކޮށްލަބަލަ ނަތީޖާ ނުނެރެވޭތޯބަލަން. ވަކި ވަގުތެއްގަ ވަކިބަޔަކު ވަކި ކަމެއް ކުރަން، އަނެކާއަށް މޮޅެއް ލޮބިދާނެކަމަށް އުޅެގެން ކޮންކަމއއް ވާނީ!
ގުޅުންހުރި
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ
މައުލޫމާތު ހާމަކުރާއިރު، ފަނޑިޔާރުންގެ މަސައްކަތާ ގުޅުންހުރި ކަންކަމުގައި ސަމާލުވާންޖެހޭ ކަންކަން ފާހަގަކުރުމަށް ބައްދަލުވުމެއް ބާއްވައިފި