ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 09:24
ސިލްސިލާކޮށް މާލޭގައި ބާއްވަމުން އަންނަ އެއްވުމުގެ ތެރެއިން؛ މާދަމާ ވެލާނާގެ ކައިރީގައި ވެސް އެއްވުމެއް ބާއްވަން ވަނީ ރާވާފައި
ސިލްސިލާކޮށް މާލޭގައި ބާއްވަމުން އަންނަ އެއްވުމުގެ ތެރެއިން؛ މާދަމާ ވެލާނާގެ ކައިރީގައި ވެސް އެއްވުމެއް ބާއްވަން ވަނީ ރާވާފައި
ރާއްޖެއެމްވީ
މާލޭގައި ބާއްވަމުން އަންނަ އެއްވުންތައް
ޖިންސީ ފުރައްސާރައާ އަނިޔާއާއި ދެކޮޅަށް މާދަމާ ވެލާނާގެ ކުރިމަތީގައި އަޑު އުފުލަނީ
 
ްއެއްވުމުގައި ޑިމާންޑްތަކެއް ކުރުމަށް ވަނީ ނިންމާފައި
 
އެއްވުން ބާއްވަން ނިންމާފައިވަނީ މެންދުރު 1:30 ގައި

ޖިންސީ ފުރައްސާރައާއި އަނިޔާ ދެކޮޅަށް އަޑު އުފުލުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ އެއްވުން އަދީއްތަ ދުވަހު ވެލާނާ ބިލްޑިންގ ކުރިމަތީގައި ބާއްވަން ނިންމައިފިއެވެ.

މި އެއްވުމަކީ އަންހެނުންނަށް ގޭތެރޭންވެސް، އޮފީހުންވެސް، ކުޅެން ދިޔަޔަސް، މަގަށް ނިކުތަސް، މިއިން ކޮންމެ ތަނަކުންވެސް ލިބޭ އަނިޔާއާއި ދެކޮޅަށް ބާއްވާ އެއްވުމެކެވެ. މި އެއްވުން ބާއްވަން ނިންމާފައިވަނީ މެންދުރު 1:30 ގައެވެ.

"ޖާގައެއް ނެތް" ނަމުގައި ބާއްވާ މި އެއްވުމުގައި ބައިވެރިން ބައެއް ކަންކަމަށް ޑިމާންޑް ކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް އިންސާފު ގާއިމްކުރުމާއި، ދައުލަތުގެ އިސްމަގާމު ތަކުގައި ތިބި ކުށްވެރިން ވަކިކުރުމަށް ގޮވާލުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ނުފޫޒު އޮތް ކުށްވެރިން ހައްޔަރު ކުރުމަށާއި، އިންސާފުގެ ކުރިމަތީގައި އަނިޔާވެރިން އެއްހަމަ ކުރުން އަދި ޖިންސީ އަނިޔާ ރިޕޯޓް ކުރާ މީޑިއާތަކަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ޑިމާންޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަޒީފާގެ މާހައުލުތައް އަންހެނުންނަށް ރައްކާތެރި ތަންތަނަށް ހަދާ ފުރައްސާރައިގެ މައްސަލަތައް ބަލާ ކޮމިޓީތައް މިނިވަން ކުރުމަށް ވެސް ވަނީ ޑިމާންޑް ކުރުމަށް ނިންމާފައެވެ. ވެލާނާގެ ކުރިމަތީގައި އެއްވުން ބާއްވަން ނިންމާފައިވާ އިރު، ޓުއަރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ އަނިޔާ ކުރި މައްސަލައިގެ ތުހުމަތުގައި ޓުއަރިޒަމް މިނިސްޓަރ ކަމުގައި ހުންނެވި އަލީ ވަހީދު ވަނީ މަގާމުން ދުރުކޮށްފައެވެ. ތުހުމަތުތަކާއި ގުޅިގެން އަލީ ވަހީދު ހައްޔަރު ނުކުރާތީ ހުކުރު ދުވަހު ބޭއްވި އެއްވުމުގައި ވެސް ވަނީ އަޑު އުފުލާފައެވެ.

ދާދި ފަހުން ހިނގައި ދިޔަ ބައެއް ޖިންސީ އަނިޔާއާއި ގުޅުން ހުރި ކޭސްތަކާއި ގުޅިގެން މާލޭގައި އަންނަނީ ސިލްސިލާކޮށް އެއްވުން ބާއްވާ އަޑު އުފުލަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް
11 ޖުލައި 2020 | ހޮނިހިރު 14:04
ޙުކުރު ދުވަސް ފިޔަވައި، ހަމަ ކޮންމެ ދުވަހަކުވެސް، އަޑު އުފުލުމަށް، ނުކުންނަވާ! ޢެހެންނޫނީ، މި ސަރުކާރުން އެއްވެސް އިންސާފެއް ނުލިބޭނެކަން މިހާރު ވަރަށް ސާފު!